
އިސްލާމެއް ނޫންކަމަށް އިއުލާން ކުރި ނާޒިމް(ވ) ފަރާތުގައި، މައިކު ކައިރި . އޭނާ ފަހުންވަނީ އިސްލާމްވެފަ. ފޮޓޯ: މަޢުރޫފް ޚަލީލް
ދީނީ މިނަވަންކަމަށް ގޮވާލާ ދާދި މަދުބަޔަކު މި މަހުގެ 10ގައި ބޭއްވި އެއްވުމާ ގުޅިގެން އާއްމުންގެ ކުރިމަތީގައި ދީން ބަދަލު ކުރި ނާޒިމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ނިއްމައިފިއެވެ.
ކޮމިޓީގެ އަށް ނާޒިމުގެ އިތުރުން ދީނީ މިނިވަންކަމަށް ގޮވާލާ ޑިސެމްބަރ 10 ގައި ބޭއްވި އެއްވުމުގައި އިސްކޮށް އުޅުނު އަދި އެއް ޖިންސުން ގުޅުން ހިންގުމަށް ގޮވާލާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރާ ހިއްލަތު ކޮމިޓީއަށް ހާޒިރިކުރުމަށްވެސް ވަނީ ނިއްމާފައެވެ.
މިއަދު ބޭއްވި ކޮމިޓީގައި މެމްބަރުން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީނާ ހިލާފަށް އަދި އެހެން ދީނަށް ގޮވާލައި އެއްވުމެއް ނުބޭއްވޭނެ ކަމަށާއި އެ ދެ މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށެވެ.
އެ ދެ މީހުން ހާޒިރުކުރުމަށް ތާއިދުކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ އެ މީހުން ހާޒިރުކުރުމުގެ ބޭނުމަކީ އެހެން ދީންތައް ފެތުރުމަށް ގޮވާލާފައިވުމާއެކު، އެކަމާ އެ މީހުންނާ ސީދާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަމަށްވާތީ ކަމަށެވެ. އަދި މީގެއިތުރުން ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދިނުމަށް އެއްވުމެއް ނުބޭއްވޭނެ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އިސްލާމްދީނުގެ ހުރުމަތް ކަނޑާލި ބަޔަކަށް އަދި ދީނީ މިނިވަން ކަމަށް ގޮވާލި ބަޔަކަށް މަޖިލީހު ކޮމިޓީގެ ތަޅުމުން ޖާގަ ދިނުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ނާޒިމާއި ހިއްލަތު ހާޒިރުކުރުމަށް ދެކޮޅުވެސް ހަދާފައެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހޯމް މިނިސްޓަރު ހަސަން އަފީފާއި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް ކޮމިޓީ އަށް ހާޒިރުކުރުމަށް ވެސް ވަނީ މިއަަދުގެ ބައްދަލުވުމުގައި ނިއްމާފައެވެ.
ދީން ބަދަލުކުރި ނާޒިމު ހައްޔަރު ކުރުމާ އެކު، އޭނާ އަލުން އިސްލާވިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން 1 ގަ އެވެ.
ދީނީ މިނިވަންކަމަށް ގޮވާލާ ބޭއްވި އެއްވުމުގައި އިސްކޮށް އުޅުނު ހިއްލަތު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...