ދިއިސްލާމް " ޙައްޤާއި ބާޠިލް" ދަރުސްގެ ޑީވީޑީ ނުކުމެއްޖެ

" ޙައްޤާއި ބާޠިލް" ދަރުސްގެ ޑީވީޑީ ނުކުމެއްޖެ

" ޙައްޤާއި ބާޠިލް" ދަރުސްގެ ޑީވީޑީ ނުކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިހު ސަމީރު އާޓިފިޝަލް ބީޗުގައި "ޙައްޤާއި ބާޠިލް" މި ނަމުގައި ދަރުސް ދެއްވަނީ: ދިއިސްލާމްފޮޓޯ: އަބްދުﷲ ޝަފީޢު އިހްސާން

" ޙައްޤާއި ބާޠިލް" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން 16 ޑިސެމްބަރ ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސްގެ ޑީވީޑީ ނުކުމެއްޖެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ޢިބުރަތްތެރި ވާހަކަތަކެއް ދައްކާފައިވާ މި ދަރުސް ދެއްވާފައިވަނީ ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝާއިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ.

މި ދަރުސް ޑީވީޑީގެ އަގަކީ އެންމެ 35 ރުފިޔާއެވެ .އަދި ދަރުސް ޑިސްޓްރިބިއުޓްކޮށް ހޯލްސޭލް ކުރަނީ ސަލަފް ލައިން އިންނެވެ.

"ޙައްޤާއި ބާޠިލް" މި ދަރުހަކީ ސަލަފުން ބޭއްވި 67 ވަނަ ދަރުހެއެވެ. ދީނީ ކަންކަމަށް ހޭލުންތެރިކޮށް އާއްމުން އަހުލުވެރިކުރުވުމަށް ސަލަފުން އަންނަނީ ގިނަ ގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.