ތިން ވަނަ ފަހަރަށް އިސްލާމިކް އެފެއާޒު މިނިސްޓަރުކަމާއި ހަވާލުވި ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރިއަށް އިތުބާރު އޮތްތާ ބެލުމަށް މާދަމާ އޮންނަ މިއަހަރުގެ 3 ވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުން ޢާއްމުކޮށްފައިވާ އެޖެންޑާގައިވާގޮތުން، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ކުރައްވަން ހަމަޖެހިފައިވާ ސުވާލު ކުރެއްވުމަށްފަހު، މިކަމާއި ބެހޭ ގޮތުން ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމައްސަލަ ދިރާސާ ކުރެއްވި ސަރުކާރުގެ މިންވަރު ބަލާ ކޮމިޓިއިން ނިންމާފައިވަނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަޤާމަށް ރައިސްލުޖުމުހޫރިއްޔާ އައްޔަންކޮށްފައިވާ، ހ. ލާޓަން ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއަށް ރުހުން ދޭން ނުފެންނަކަމަށެވެ.
ނމަވެސް މިކަމާމެދު ގޮތެއް ނިމިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު ނެގުމަށް ހަމަޖެހިފައިވާ އިތުބާރު އޮތްތާ ބެލުމަށް ނަގާ ވޯޓުން ނިމިގެންދާ ގޮތަކުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...