
ޖަމްޢިއްޔަތުއްސަލަފުން "ޙައްޤާއި ބާޠިލް" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސް އަޑުއަހަން ގިނަ އަދަދެއްގެ މީހުން ޖަމާވެފައި---ދިއިސްލާމްފޮޓޯ:އިބްރާހިމް އަޝްވާގު އިހްސާން
ޕިއްލޭ އެދުނުފަދަ ބަހުޘެއް ނުކުރުމަށް ސަލަފުން ރައީސް މުޙައްމަދު ނަޝީދަށް އިލްތިމާސްކޮށްފިއެވެ.
ސަލަފުން ރައީސަށް ޕިއްލޭ އެދުނުފަދަ ބަހުޘެއް ނުބޭއްވުމަށް އިލްތިމާސްކޮށްފައިވަނީ ސަލަފާ ބައްދުލު ކުރުމަށް ދައުވަތު ދީފައިވާކަމަށް ބުނެ ޝާއިޢު ކޮށްފައިވާ ޚަބަރަކާ ގުޅިގެން ، އެ ވިދާޅުވާ ދަޢުވަތު ލިބިފައިނުވާކަމަށް ސަލަފުން ހާމަކުރުމުން، ރޭ ރައީސް އޮފީހުން ފޮނުވާފައިވާ ފެކްސް އެއް ލިބުމާ ގުޅިގެންނެވެ. ސަލަފުގެ ވެބްސައިޓުގައި ވާގޮތުންމިއަދު ހެނދުނުގެ ވަގުތެއްގައި ފެކްސްގެ އަޞްލު ސިޓީވެސް ލިބިފާވާކަމަށް ޖަމްޢިއްޔާއިން ހާމަކުރެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އެދަޢުވަތުގެ އަސްލު މަޤްޞަދަކީ ޕިއްލޭ ދައްކާފައިވާ ވާހަކަތަކަށް އިޖާބަ ދެއްވުމުގެ ގޮތުން ދެއްވި ދަޢުވަތެއްކަމަށް ޖަމްޢިއްޔާއަށް ހާމަވެފައިވާކަމަށް ސަލަފުން ހާމަކުރެއެވެ. އެ ސިޓީގެ ޖަވާބުގައި ސަލަފުން ފޮނުވި ސިޓީގައި ބުނެފައިވަނީ "ތިޔަ ބަޙުޘްތައް މިހާރުން މިހާރަށް ހުއްޓައިލެއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ނަޞޭޙަތްތެރިވެ އަދަބުވެރިކަމާއެކު އިލްތިމާސް ކުރަމެވެ." ލިޔެފައިވެއެވެ.
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކަކީ އިންސާނުންނަށް ހުރި ރަޙްމަތެއްކަމުގައްޔާއި، އެ ޙައްދުތައް ޤާއިމު ނުކުރުމަކީ އެއީ އަނިޔާވެރިކަން ކަމުގައި ރައީސްގެ ދޫފުޅުން ދިވެހިރާއްޖޭގެ ރައްޔިތުން އެހުމުގެ އިންތިޒާރުގައި ތިބެތިބެ ހައްތާވެސް ޙައްދުތަކަކީ އެއީ އަނިޔާވެރިކަމެއްކަމުގައި ޞިފަކުރައްވާން މަސައްކަތްކުރަމުންދާތަން ފެނިފައިވާކަމަށް ސަލަފުންވަނީ ހާމަކޮށްފައެވެ. މިހެން ސަލަފުން ބުނެފައިވަނީ އެންމެ ފަހުގެ ރޭޑިއޯ ޚިޠާބުގައި ދެއްކި ވާހަކައަށާއި "މެދުމިނަށް ތާއިދު" މި ނަމުގައި ރޭ ހެންވޭރުކޮޅުގައި ރައީސް ދެއްކެވި ވާހަކަފުޅާގުޅިގެންނެވެ.
ޖަމްޢިއްޔާއިން ފޮނުވި ސިޓީގައި ވަނީ "މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައިވާ ދީނުގައިވާ ޙައްދުތަކާއިމެދު ބަޙުޘް ކުރުމަކީ އެއްވެސް މަޚްލޫޤަކަށް މާތް ﷲ ދެއްވާފައިވާ ޙައްޤެއް ނޫންކަމަށާއި ޖަމްޢިއްޔަތުއްސަލަފުން އީމާންވެގެންތިބި ވާހަކަ ދަންނަވާފައެވެ.
އަދި ދިވެހިރާއްޖޭގެ މަޞްރަޙުގައި ފެންނަހުރި އިސްލާމް ދީނާ ޚިލާފު ކަންތައްތައް އިޞްލާޙްކުރެއްވުމުގެ ގޮތުން ސަރުކާރުން ކުރައްވަންބޭނުން މަޝްވަރާ އެއް ދީނީ ޢިލްމުވެރީންގެ ލަފާގެ މަތީން ޙިއްޞާކުރުމުގައި ޖަމްއިއްޔަތުންސަލަފުންވެސް އުފަލާއެކު ބައިވެރިވާން ތައްޔާރަށް ތިބިކަމަށް ވަނީ ރައީސަށް އެ ސިޓީގައި ދައްނަވާފައެވެ.
ރާއްޖޭގައި ސަރުކާރަށް ލަފާ އަރުވާން އިސްލާމިކް މިނިސްޓްރީ އާއި ފިޤްހުއެކަޑަމީ ވާއިރު، މި ދެތަނާއި އެއްވެސް މަޝްވަރާއެއް ނުކުރައްވާ މިވަޤުތު ހަނިގޮތަކަށް ވަކިކަމަކާމެދު ޖަމްޢިއްޔަތުއްސަލަފަށް މަޝްވަރާއަށް އެދޭވާހަކަ އިޢުލާންކުރުމީ ސުވާލުއުފެދޭކަމެއްކަމަށް ސަލަފުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...