ރާއްޖޭގެ ޚަބަރު މިރޭ އޮތް ޝެއިހް ފަރީދުގެ ދަރުސް ބާއްވާތަން ބަދަލުވެއްޖެ

މިރޭ އޮތް ޝެއިހް ފަރީދުގެ ދަރުސް ބާއްވާތަން ބަދަލުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މިމަހު 23 ވަނަ ދުވަހު އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން އާރޓިފިޝަލް ބީޗްގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް ބާއްވާތަން ބަދަލުކޮށްފައިވާކަމަށް  އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރައްވައެވެ.

ދަރުސްބާއްވާތަން ބަދަލުވުމާއި ގުޅިގެން މިހާރު ދަރުސް ބާއްވަން ހަމަޖެހިފައިވަނީ ކުރީގެ ދިވެހި ރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ޕާކްގައި ކަމަށް އިސްލާމިކް ފައިންޑޭޝަނުން ހާމަކުރައްވައެވެ. 23 ޖުލައި 2010 ގެ ރޭގަނޑު 8.45 ގައި ދަރުސް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށްވެސް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ދިއިސްލާމްއަށް ހާމަކުރައްވައެވެ.

ދަރުސް އެހެންތާކަށްބަދަލުކުރުމަށް ރައީސް އޮފީހުން އަންގާފައިވަނީ އެރޭގައި އަލިމަސް ކަނިވަލްގައި ހަމަޖެހިފައިވާ މިޔުޒިކު ޝޯ ދަތިވާނެކަމަށް ބުނެފައިކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
“މަޙްޝަރުގެ މައިދާން” މިމައުލޫއަށް ޝައިޚް ފަރީދުގެ ދަރުސް ބާއްވާތަން ބަދަލުކުރުމަށް އަންގާފައިވަނީ މިދަރުސްއަށް ތައްޔާރުވުމުގެ ގޮތުން އެތައްހާސް ރުފިޔާގެ އިސްތިހާރެއް ތައްޔާރުކޮށްފައިވަނިކޮށެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.