ރާއްޖޭގެ ޚަބަރު މިޔުޒިކް ޝޯ އަށް ފުރުޞަތު ދިނުމުގެ ގޮތުން ދަރުސް ބާއްވާތަން ބަދަލުކުރަން ރައިސް އޮފީހުން އަންގައިފި

މިޔުޒިކް ޝޯ އަށް ފުރުޞަތު ދިނުމުގެ ގޮތުން ދަރުސް ބާއްވާތަން ބަދަލުކުރަން ރައިސް އޮފީހުން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިމަހު 23 ވަނަ ދުވަހު އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން އާރޓިފިޝަލް ބީޗްގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް އެހެންތަނަކަށް ބަދަލްކުރުމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް  އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރައްވައެވެ.

ދަރުސް އެހެންތާކަށްބަދަލުކުރުމަށް ރައީސް އޮފީހުން އަންގާފައިވަނީ އެރޭގައި އަލިމަސް ކަނިވަލްގައި ހަމަޖެހިފައިވާ މިޔުޒިކު ޝޯ ދަތިވާނެކަމަށް ބުނެފައިކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.

"މަޙްޝަރުގެ މައިދާނ" މިމައުލޫއަށް ޝައިޚް ފަރީދުގެ ދަރުސް ބާއްވާތަން ބަދަލުކުރުމަށް އަންގާފައިވަނީ މިދަރުސްއަށް ތައްޔާރުވުމުގެ ގޮތުން އެތައްހާސް ރުފިޔާގެ އިސްތިހާރެއް ތައްޔާރުކޮށްފައިވަނިކޮށެވެ.

ދަރުސްބާއްވާތަން ބަދަލުވުމާއި ގުޅިގެން މިހާރު ދަރުސް ބާއްވަން ހަމަޖެހިފައިވަނީ ކުރީގެ ދިވެހި ރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ޕާކްގައި ކަމަށް އިސްލާމިކް ފައިންޑޭޝަނުން ހާމަކުރައްވައެވެ.

ރައީސުލްޖުމުހުރިއްޔާ މުޙައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ދީނީ ކަންތައްތަކާއި ބެހިވަޑައިނުގަންނަވާނެކަމަށާއި، ދީނީކަންކަމުގައި ހުރީހާ ކަމެއްކުރައްވާނީ ދިވެހި ރާއްޖޭގެ އިސްލާމީ ވުޒާރާއިންކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް އޮފީހުންވަނީ އިސްލާމިކް ފައުންޑޭޝަންއިން ބާއްވަން ހަމަޖެހިފައިވާ ދީނީ ދަރުސް މިޔުޒިކް ޝޯ އަށް ތަން ދިނުމުގެ ގޮތުން އެހެންތަނަކަށް ބަދަލުކުރަން އަންގާފައެވެ.

23 ވަނަ ދުވަހުގެ ރޭ އަލިމަސްކާރނިވަލުގައި މިޔުޒިކް ޝޯ ބާއްވަން ހަމަޖެހިފައިވާއިރު، މިހާރު އަލިމަސްކާރނިވަލް ސަރަހައްދަން އުދަ އަރަމުނަދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.