7. އެއްދުވަހަކު ފާތުމަތުގެފާނު (އުމަރު ބުން އަބްދުލް އަޒީޒުގެ އަނބިކަނބަލުން) ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވިއިރު އުމަރު ބުން އަބްދުލް އަޒީޒު ކީރިތި ކުރައްވާތަން ފެނިވަޑައިގެން އެއްސެވިއެވެ. ކަލޭގެފާނު ކީރިތި ތިކުރައްވަނީ ކީއްވެތޯއެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ މަސްއޫލިއްޔަތު މަތިން ހަނދާންވީއެވެ. އަދި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުން މަތިން ހަނދާންވީއެވެ. އަދި ޤިޔާމަތް ދުވަހުން އެބައިމީހުންނާއި ބެހޭގޮތުން ތިމަންކަލޭގެފާނާއި ސުވާލުކުރެވޭއިރު އެބައިމީހުންގެ ޝަފާއަތްތެރިއެއްގެ ގޮތުގައި މުހައްމަދު ރަސޫލު ﷲ (صلى الله عليه وسلم) ވެވަޑައިގަންނަވައިފިއްޔާ ދޭނީ ކޮން ޖަވާބެއްތޯ ހިތައް އެރީއެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅަށް ނަޒަރުހިނގާލުމުން ފެނިގެންދާނީ މިއާ ދިމާ އިދިކޮޅު އަމަލުތަކެވެ. އާޚިރަތްދެކެ ބިރެއް ނެތް ހިތްތަކެކެވެ. ޖާހިލުކަމުގެ ނިދީން ނިދާފައިވާ ވެރިންތަކެކެވެ.
8. ހަލީފާއާއި ހަވާލުވެވަޑައިގަތުމަށްފަހު ގާތްތިމާގެ އެންމެން އެއްކުރައްވައި އެބައިމީހުންނަށް ނުހައްގުން ވެރިކަމުގެ ފަރާތުން ލިބިފައިވާ ހުރިހާ މުދަލެއް ހޯއްދެވާ އެ ބައިތުލް މާލަށް ލެއްވިއެވެ. އަދި ހުދު އެކަލޭގެފާނުވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެދުވަހު ވިދާޅުވިކަމަށްވެއެވެ. އޭ ފާތުމަތެވެ. ތިމަންކަލޭގެފާނާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުވެވިއްޖެއެވެ. ތިމަންނައާއި އެކީ އުޅެންބޭނުންނަމަ ކަމަނާއަށް ލިބިފައިވާ ހުރިހާ ރަނެއް ބައިތުލް މާލަށްލާށެވެ. ނޫނީ ކަމަނާ، ކަމަނާގެ އަހުލުންގެ ކައިރިޔަށް ދާށެވެ. ތިމަންކަލޭގެފާނާއި ކަމަނާއި މިރަނާއި އެއްތަނެއްގައި ވުމަށް ތިމަންކަލޭގެފާނު ނޭދެމެވެ. މިހެން ބުނުމުން ފާތުމަތުގެފާނު ވަރަށް ކީރިތި ކުރައްވައި ވިދާޅުވިއެވެ. މިފަދަ އެތައް ރަނެއް މީގެމައްޗަށް އިތުރު ކުރިކަމުގައިވިޔަސް ތިމަން ކަމަނާ ހިޔާރު ކުރާނީ ކަލޭގެފާނެވެ. އެއަށްފަހު ވެރިކަމުގެ "ގަނޑުވަރަށް" (ދިވެހިން ސިފަކުރާނަމަ ޖިފުޓިގަނޑަށް) ދިރިއުޅުން ބަދަލުކުރެއްވިއެވެ. މިއީ ހަމަ ވެރިންނަށް އިބުރަތެކެވެ. މިސާލެކެވެ. މިއަދު ވެރިކަމެއް ލިބިއްޖެ އާއިލާއެއްގައި މުއްސަނދި ނުވާނޭ ހަމަ އެކަކުވެސް ނުވެއެވެ. ރައްޔިތުން ފަގީރުހާލުގައި އުޅޭކަން ވެރިން ދެންނަނީ ސްޓޭޖަށް އަރާ ވޯޓުދޭށޭ ބުނަންވީމައެވެ.
9. އެއީ ރޭގަނޑެއްގެ ވަގުތެކެވެ. އުމަރު ބުން އަބްދުލް އަޒީޒާއި އެކަލޭގެފާނުގެ ހަށިފާރަވެރިޔާއާއި އެއްކޮށް މިސްކިތައް ވަދެ ވަޑައިގެންނެވިއެވެ. އެއްވެސް އަލިކަމެއް ނެތުމުން މަޑުމަޑުން މިސްކިތްތެރެއަށް ވަދެވަޑައިގަތީ އެތަނުގައި ނިދަން އޮތް އެއްވެސް މީހަކަށް އުދަގުލެއް ނުވާނޭ ހެންނެވެ. ނަމަވެސް އަދިރީގެ ސަބަބުން އުމަރު ބުން އަބްދުލް އަޒީޒަށް އެތަނުގައި ނިދަން އޮތް މީހެއްގައިގައި ފައިން ޖެހުނެވެ. އެވަގުތު އެމީހާ ހޭލައިފައި ރުޅިއައިސްގެން ކަލޭތީ މޮޔައެއްހޭ ސުވާލުކުރިއެވެ؟ މިމީހާއަކަށްވެސް އަނދިރީގެ ސަބަބުން އެއީ އުމަރު ބުން އަބްދުލް އަޒީޒުކަމެއް ނޭނގެއެވެ. އުމަރު ބުން އަބްދުލް އަޒީޒު އެވަގުތު ޖަވާބުގައި ނޫނެކޭ ތިމަންނަމިއީ މޮޔައެއްނޫނޭ ވިދާޅުވިއެވެ. އެވަގުތު ހަށިފާރަވެރިޔާ ނިދަން އޮތް މީހާ އަމީރުލް މުއުމިނީންއާ މުހާތަބު ކުރި ހަޑިގޮތުން ރުޅިއައިސްގެން އެމީހާއަށް ދިމާލަށް ދާން އުޅުމުން އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ. އޭނާ ތިމަންނައަށް ކުރީ ސުވާލެކެވެ. އަދި ތިމަންނަ އެސުވާލަށް ޖަވާބުދިނީއެވެ. އަދުގެ ހާލަތައް ބަލާ ކޮންމެ މީހަކަށް އެނގޭނޭހެން ރައީސަކަށް މިފަދަ ހުތުރު ބަހުން މުއާމަލާތުކުރާ މީހާއަށް ކުޑަގޮޅި ނޫން ގޮޅިއެއް ގެއެއް ހިޔާވައްސެއް ހަމަ ޔަގީނުންވެސް ނުވާނެއެވެ.
10. ދެންވެސް ހަމަ ރޭގަނޑެއްގެ ވަގުތެކެވެ. ރަޖާއު ބިން ހައިވާ އުމަރު ބުން އަބްދުލް އަޒީޒުގެ ގަނޑުވަރަށް ޒިޔާރަތް ކުރެއްވިއެވެ. އެގޮތުގައި އިންދާ ފުޅިބައްތި ނިވިއްޖެއެވެ. އެހިނދު ތެދުވެ އެތަނުގައި ނިދާފަ އޮތް އަޅަކަށް ގޮވައި އެ ފުޅިބައްތި ރޯކުރަން އަންގަވަން އުޅުއްވުމުން އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. އެއަޅުމީހާ ބާއްވާށެވެ. އޭނާ އެވަނީ ދުވާލު މަސައްކަތް ކުރުމަށްފަހު އަރާމުކުރުމަށް ނިދާފައެވެ. އެވަގުތު ރަޖާއު އެކަލޭގެފާނު އަމިއްލައަށް އެކަން އިސްލާހުކުރައްވަން އުޅުމުން ވިދާޅުވިއެވެ. މެހެމާނުން ލައްވައި މަސައްކަތްކުރުން މެހެމާން ދާރީ އަދާކުރުމުގެ ތެރެއިން ނުވެއެވެ. އެހެން ވިދާޅުވެ ތެދުވެގެން ވަޑައިގަތް އަމިއްލަފުޅަށް އެކަން ރަނގަޅުކުރެއްވުމަށްފަހު އައިސް ދެންނެވިއެވެ. ތިމަންކަލޭގެފާނު ތެދުވެގެން މިތަނުން ދިޔައިރުވެސް މިއީ އުމަރެވެ. އަދި އައިއިރުވެސް މިއީ އުމަރެވެ. މާނައަކީ އެފަދަ ކަމެއްކުރުމަކުން ހަލީފާގެ އަގުވެއްޓި އިތުރުކަމެއްވެސް ނުމެވޭމެއެވެ. މިއަދުގެ ވެރިން އެހެންތޯއެވެ. އަތްފައި ގުޑުވާ ނުލާވިއްޔާ ތަންވެއްޓުނަސް ހަމަ ހިރިވެސް ނުލާނެއެވެ. ނުވިއިރު މިވެރިންނަކީ އުމަރު ބުން އަބްދުލް އަޒީޒުގެ ވެރިކަމާއި ގާތްކުރާ ވަރުގެ ވެރިކަމެއްވެސް ލިބިގެންވާ ބައެއްނޫނެވެ.
ނުނިމޭ...
ރެފަރެންސް: http://islamic-call.blogspot.com
ދަންނާށެވެ! ހެޔޮ ވެރިކަމެއް ކުރެވޭނީ މިހާރު ތޯ ނޫނީ އޭރުގަ ތޯއެވެ؟ މިހާރު މި ވެރިކަން މާ ފަސޭހައިން ކުރެވޭނެއެވެ. އޭރުގަވެސް އުޅުނީ އިންސާނުންނެވެ. މިހާރުވެސް މި އުޅެނީ އިންސާނުންނެވެ. ތަފާތަކީ މީހުންގެ ވިސްނުމުގެ ތަފާތެވެ. ނަމަވެސް މިޒަމާނުގައި:
1. ހައްދެއްގެ ގޮތުން މަރަންވެސް މެރޭނެ: މިހެން ދަންނަވާލީމައި ރުޅިދުރުވާނޭ މީހުން ގިނަވާނެކަން ކަށަވަރެވެ. ނަމަވެސް ބުނެލަން އޮތީ ރުޅީގެ މައްޗަށް އެހަށް މިވަގުތަށް ސިކުނޑި އިސްކުރާށެވެ. ސަލާމަތް ބުއްދިޔަކާއި ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާށެވެ. މިޔަދު އެ ހައްދު ނުޖަހާތީވެ ކުއްވެރިންތައް މުޅި މާލޭގައި ތެޅި ފޮޅެނީއެވެ. ޢާންމުންނަށް ބިރެއްކަމުގައި މެނުވީ އެމީހުން ނުވެއެވެ. ނަމަވެސް މަރަން ޖެހޭ މީހަކު (ތައުބާކުރުވުމައްފަހު) މަރައިފިނަމަ، ﷲ ގަންދީ ހުވާކޮށް ބުނަމެވެ، އޭނާ އެ މަރަންޖެހުނު ޢަމަލާއި އެހެން މީހުން ދުރުވާނެ އެވެ. މިއީ އިންސާނުންނެވެ. ބިރަކީ ކިތަނމެ ބޮޑައި މީހެއްގެ ގައިގަ ވެސް ލައްވާފައި ވާ އެއްޗެކެވެ...
2. ހައްދެއްގެ ގޮތުން ދަތަކަށް ދަތެއްވެސް ދުއަވާލެވޭނެ: މި އަންހެނުން ފިރިހެނުންނާއި ހަމަ ހަމަކުރަން އުޅޭ ޒަމާނުގައި އަންހެނަކު އެކަނި މާއެކަނި ޖެހިގެން އިން ފިހާރަޔަކަށް ވެސް ފޮނުވަން ވެސް ބިރު ގަންނަހާވެއެވެ. ނަމަވެސް މި ހައްދު ޖެހޭނަމަ، ފިރިހެނަކާއި އަންހެނެއްގެ ތަފާތެއް އޮންނާނެތޯ އެވެ. ކޮންމެ މީހަކީވެސް އެދުވަހުން ޢިއްޒަތްތެރި އެކެވެ. މީހަކު ކަމެއް ކުރިޔަސް އެކަން ބޭކާރުވެގެން އަދަބެއް ނުލިބި ނުދާނޭކަން އިނގޭނެ އެވެ. ރިޕޯރޓް ކުރެވިއްޖެ މައްސަލައެއް އެއީ ކިތަމެ ނިކަމެއްޗަކަށް ވިޔަސް ނުބަލާ ދޫނުކުރެވޭނެ ކަންވެސް އިނގޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...