ދިއިސްލާމް މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވޭ : ޝައިޚް އާދަމް ޝަމީމް

މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވޭ : ޝައިޚް އާދަމް ޝަމީމް

މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވޭ : ޝައިޚް އާދަމް ޝަމީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް އާދަމް ޝަމީމް ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

މުރުތައްދުވެ، އިސްލާމްދީނުގެ ޙުރުމަތް ކަނޑައި، ދީނަށް ފުރައްސާރަކޮށް، މާތް ﷲ ޙަރާމް ކުރެއްވި ފާޙިޝް ޢަމަލުތައް ޙަލާލު އެއްޗެއް ކަމުގައި ޤާނޫނީ ގޮތުން ހެދުމަށް މަސައްކަތް ކުރުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫން ކަމަށާއި، މުސްލިމް ރާއްޖެ ހަލާކު ކުރުމުގެ މިނިވަންކަން އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމުގައި ޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖްގައި މިއަދު ލިޔުއްވާފައި ވަނީ، މާތްﷲ ގެ ދީނާއި ޝަރީޢަތް ބޭނުން ނުވާ މީހުން، އެމީހުން އުޅެން ބޭނުންވާ ގޮތަކަށް އުޅުމުގެ ޖާގަ އޮތް ތަންތަނަށް ޙިޖުރަ ކުރަންވީ ކަމަށާއި، އަކަމުގެ މަގު ހުޅުވިފައިވާ ކަމަށެވެ.  އަދި އިސްލާމްދީނަށް ފުރައްސާރަކޮށް ރާއްޖެ ހަލާކުކުރުމަށް މަސައްކަތްކުރާ މީހުން އެފަދަ ޢަމަލު ކުރަމުންދާ ހިނދު، އެކަމާ އިންކާރު ނުކޮށް، އެކަން ދިފާޢު ކުރާނީ އެމީހުންނާ އެއްފަދަ މީހުން ކަމަށާއި، އެއީ މުސްލިމުންނެއް ނޫން ކަމުގައި ޝައިޚް ޝަމީމް ވިދާޅުވި އެވެ.

އިސްލާމްދީނަށް ވަނުމަކީ ވާޖިބެއް ނުވަތަ މަޖުބޫރު ކަމެއް ނޫން ކަމުގައްޔާއި، މާތް ﷲ ގެ ޙުކުމްފުޅާއި، އެކަލާނގެ ޙަލާލު ކުރެއްވި އެއްޗެއްސާއި، ޙަރާމް ކުރެއްވި އެއްޗެހި ޤަބޫލު ކުރުމާއި ނުކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ އިޚްތިޔާރެއް ކަމުގައި ދީނާ ދެކޮޅު މީހުން ދައްކަމުންދާ ބާޠިލް ވާހަކަތަކަށް ޝައިޚް ޝަމީމް ވަނީ ރައްދު ދެއްވާފައެވެ.

ޝައިޚް ޝަމީމް ވިދާޅުވީ މިކަމަކީ ބަޔަކު މީހުންނަށް އަރާފައިވާ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.

"މާތް ﷲ ގެ ދީން އެއީ ހަމައެކަނި ޙައްޤު ދީނަކީ. އެދީނަށް ވަނުމަކީ ހުރިހާ އިންސާނުންގެ މައްޗަށް ވާޖިބެއް، ފަރުޟެއް، މަޖުބޫރު ކަމެއް. އެކަމަކު، ގަދަ ބާރުން ކުރުވުން ހުއްދަ ނޫން ކަމަކީ ޣައިރު މުސްލިމަކު ގަދަކަމުން، މަޖުބޫރު ކޮށްގެން މިދީނަށް ވެއްދުން. އެއީ އަޅުގަނޑުމެންނަށް ހުއްދަ ކަމެއް ނޫން." ޝައިޚް ޝަމީމް ވިދާޅުވި އެވެ.

ޝައިޚް ޝަމީމް ވިދާޅުވި ގޮތުގައި، އޭގެ މާނައަކީ، ސިޔާސީ ޕާޓީ އަކަށް މީހުން ވަދެ ނުކުމެ ހަދާހެން، ބޭނުން އިރަކު އިސްލާމްދީނަށް ވަދެފަ، ބޭނުން އިރަކު ނުކުމެފަ، މިދީނާ މެދު ސަކަރާތް ޖެހުމަކީ ހުއްދަ ކަމެއް ނޫނެވެ.

ޝައިޚް ޝަމީމް މިހާރު ދަނީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޓެގް

ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.