އައްޑޫ ސިޓީ ހިތަދޫގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މިދަރުސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތުދޭ ގޮތުގައި ދަރުސް ދެއްވާނީ އައްޝައިޚް އިލްޔާސް ޙުސައިން އެވެ. ދަރުސް އޮންނާނީ ޑިސެމްބަރު 7 ވާ ބުދަ ދުވަހުގެ ރޭ (މިރޭ) 20:45 ގައި އައްޑޫ ސިޓީ ހިތަދޫ އަވަށު އޯޕަން ސްޓޭޖްގައެވެ.
ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ “ﷲ އަށް ނަޞްރު ދޭ ބަޔަކަށް ވާށެވެ.” މި މައުޟޫއަށެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އިންތިޒާމް ކުރާ ފަރާތުން ދައުވަތު ދެއެވެ.
ފޭދޫ، މަރަދޫފޭދޫ، އަދި މަރަދޫ އަވަށުގައި ދިރިއުޅޭ ރައްޔިތުން މިދަރުސް އަޑު އެއްސެވުމަށް ހިތަދޫއަށް ބަހުގައި ދަތުރު ކުރެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޓީމުން ބުންޏެވެ. އެގޮތުން ދަރުސަށް ހިތަދޫ އަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވާ ބޭފުޅުން މިރޭ 20:00 ށް ބަސް ހުއްޓި ކައިރީގައި މަޑުކުރެއްވުމަށް އެ ޓީމުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...