ދާޢީ އިދުރިސް ތަޢުފީޤުގެ ދެވަނަ ލެކްޗާރ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި އިނގިރޭސިވިލާތުގެ ދާޢީ އިދުރީސް ތަޢުފީޤުގެ މިރޭގެ ލެކްޗާރގެ މައުލޫއަކީ "ތިބާއީ އެންމެ ރަނގަޅު މީހަޔަށް ވުމަށް" މިއެވެ. މިރޭ 8:45 ގައި އިސްލާމީމަރުކަޒުގެ ޖަލްސާކުރާ މާލަމްގައި އޮންނަ ލެކްޗާއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އިސްލާމިކް މިނިސްޓްރީއިން އެދިލައްވައެވެ.
މިޖުލައި މަހުގެ 16 އިން 17 ދެދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމްގައި ދަރުސްތަކުގެ ތެރެއިން ރޭގައިވަނީ އިދްރީސް ތަޢުފީޤްގެ ފުރަތަމަ ލެކްޗަރ ބާއްވާފައެވެ. ރޭގައި ވާހަކަދެއްކެވީ 'އަހަރެން އިސްލާމް ވީކީއްވެ؟' މިމައުލޫއަށެވެ. ރޭގެ ލެކްޗާރ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...