މިރޭ ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ޚާއްސަ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު މަސްޖިދު އިބްރާހީމްގައެވެ. ޝައިޚް އާދަމް ޝަމީމް ދަރުސް ދެއްވާނީ "ޝިރުކުގެ ނުރައްކާތެރިކަން" މި މައުޟޫއަށެވެ.
މިދަރުސަކީ މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މާލޭ ސިޓީކައުންސިލުގައި އެދިގެން އެފަރާތްތަކުގެ އެއްބާރުލުމާއެކު ބާއްވާ ދަރުސެކެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީ އާއި ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުން އެދެއެވެ.
މިދަރުސް ވެބްސްޓްރީމްކޮށް ރޭޑިއޯ އެޓޯލްގެ ވެބްސައިޓުން އަޑުއައްސަވާލެވޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...