ދިއިސްލާމް އިސްލާމިކް މިނިސްޓްރީން ބާއްވާ ޚާއްޞަ ދީނީ ފޯރަމެއް ޑިސެމްބަރ 2 ވާ ހުކުރު ދުވަހުގެރޭ

އިސްލާމިކް މިނިސްޓްރީން ބާއްވާ ޚާއްޞަ ދީނީ ފޯރަމެއް ޑިސެމްބަރ 2 ވާ ހުކުރު ދުވަހުގެރޭ

އިސްލާމިކް މިނިސްޓްރީން ބާއްވާ ޚާއްޞަ ދީނީ ފޯރަމެއް ޑިސެމްބަރ 2 ވާ ހުކުރު ދުވަހުގެރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

މަދީނާ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރު ބޭއްވި ދައުރާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޚާއްޞަ ދީނީ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފޯރަމް އޮންނާނީ ޑިސެމްބަރ 2 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ފޯރަމްގައި ތަޤްރީރު ކުރައްވާނީ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ. ފޯރަމްގެ މައުޟޫއަކީ "ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިއްމުކަން" މިއެވެ.

ޑރ. މަޖީދުގެ އިތުރުން ފޯރަމްގެ ޕެނަލްގައި ޤައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައްޝައިޚް ފައްޔާޟް ޢަލީ މަނިކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިފޯރަމްގައި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް މިނިސްޓްރީން ދަޢުވަތު ދެއެވެ.

ޓެގް

ދަރުސް ވީޑިއޯ ދީނީ ފޯރަމް އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.