ވައިކަރަދޫ 'ވިޔެސް' ޖަމިއްޔާއިން ޤުރުއާން ކުލާހެއް ފަށައިފިކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ހދ. ވައިކަރަދޫގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަން ލޯބިޖެއްސުމަށާއި، ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި 13 ޖޫން 2010 ވީ އާދީއްތަ ދުވަހު 37 ދަރިވަރުންނާއެކު ވަގުތީ ގޮތުން ވިޔެސް ޤުރުއާން ކުލާހުގައި ޤުރުއާން ކިޔަވައިދޭން ފަށާފައިވާކަމަށް އެޖަމިއްޔާގެ ފަރާތުން ހާމަކުރައްވައެވެ. ޤުރުއާން ކުލާހުގައި ކިޔަވައިދޭން ފެށިތާ އެއްމަސް ނުވަނީސް މި ކުލާސް މިހާރުވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައެވެ. މިހާރު ވިޔެސް ޤުރުއާން ކުލާހުގައި 68 ކުދިން ކިޔަވަމުން އެބަގެންދާކަމަށާއި މި ކުލާހަށް ވައިކަރަދޫގެ ގިނަ ބައެއްގެ ފަރާތުން އެއްބާރުލުން ލިބެމުން ދެއެވެ.
'ވިޔެސް' ޖަމިއްޔާއިން ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި 'މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމާރާތުގެ ޖާގައިގެ ދަތިކަން. މިހާރު ޤުރުއާން ކުލާސް އެޅުމަށް ބިމެއް ހޯދުމަށް އެދިފައިވާނެ. ބިން ލިބުމުން ޖާގައިގެ މައްސަލަ ޙައްލުވާނޭކަމަށް މިބަލަނީ. މީގެއިތުރުން އަންނަ އަހަރު ފެށެންވާއިރަށް ޤާރީއެއް ގެނެވޭތޯ މަސައްކަތްކުރަމުންދާ' ކަމަށެވެ.
'ވިޔެސް' ޖަމިއްޔާއިން ވަނީ ވައިކަރަދޫގައި ތަފާތު ދީނީ ޕްރޮގްރާމްތައް ހިންގާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...