ދިއިސްލާމް އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތް މިރޭވެސް އޮންނާނެ : ޒުވާނުން

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތް މިރޭވެސް އޮންނާނެ : ޒުވާނުން

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތް މިރޭވެސް އޮންނާނެ : ޒުވާނުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ރޭ ބޭއްވި ހަރަކާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ، އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި އިއްޔެ ސިލްސިލާކޮށް ފެށި ހަރަކާތުގެ ބޮޅެއް މިރޭވެސް އޮންނާނެ ކަމަށް މި ހަރަކާތުގައި ބައިވެރިވާ ޒުވާނުން ބުނެފިއެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުއްވާ މަދަނީ އިއްތިހާދުގެ އިސް މެމްބަރެއް ކަމުގައިވާ ޢަބްދުﷲ މުޙައްމަދު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިރޭގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ސުނާމީ ބިނާ ސަރަހައްދުން ކަމަށެވެ. އަދި އިއްޔެ ހަވީރާއި ރޭގައި ބޭއްވި ހަރަކާތެކޭ އެއްގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ބާއްވައި، އެކި ސަރަހައްދުތަކުގައި މަޑުކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރާނެ ކަމަށް ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

މި ހަރަކާތަކީ ވަކި ޖަމްޢިއްޔާ ޖަމާޢަތްތަކަކުން އިންތިޒާމް ކުރާ ހަރަކާތެއް ނޫން ކަމަށާއި، މިކަން އިންތިޒާމްކުރަނީ ޒުވާނުން އިސްނަގައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އިއްޔެ ހަވީރާއި ރޭގައި ބޭއްވި ހަރަކާތުގައި ވަނީ އިސްލާމްދީން ހިމާޔަތްކުރުމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައްޔާއި، ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.

ރޭ ކުރިއަށް ދިޔަ ދެވަނަ ހަރަކާތުގެ ފޮޓޯތައް ބައްލަވާ!

އިއްޔެ ހަވީރު ކުރިއަށް ދިޔަ ފުރަތަމަ ހަރަކާތުގެ ފޮޓޯތައް ބައްލަވާ!

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.