ދަރުސް ޚަބަރު 'މަހުޝަރުގެ މައިދާން' މިމަޢުލޫއަށް އައި.އެފް.އެމް އިން ދަރުސެއް ބާއްވަނީ

'މަހުޝަރުގެ މައިދާން' މިމަޢުލޫއަށް އައި.އެފް.އެމް އިން ދަރުސެއް ބާއްވަނީ

'މަހުޝަރުގެ މައިދާން' މިމަޢުލޫއަށް އައި.އެފް.އެމް އިން ދަރުސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މިމަހު 23 ގައި 'މަހުޝަރުގެ މައިދާން' މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައިފިއެވެ.

އެޖަމްޢިއްޔާއިން ހާމަކުރެއްވިގޮތުގައި މިދަރުސް ބާއްވަން ހަމަޖެހިފައިވަނީ އަރޓިފިޝަލް ބީޗްގައި ކަމަށާއި މިހާރު ދަރުސް އިސްތިހާރު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމި އިސްތިހާރު ކުރަމުންދާކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައެވެ.

އައޝައުޚް އިބްރާހިމް ފަރީދު ދިނުމަށް ހަމަޖެހިފައިވާ މިދަރުސް ޓީވީ އެމް އިން ވަގުތުން ގެނެސް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެޖަމްޢިއްޔާގެ ރައިސް އިބުރާހިމް ފައުޒީ ދި-އިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ އެޖަމްޢިއްޔާގެ ފަރާތުން އިސްލާމީ މަރުކަޒުގައި މިމަހު 30 ވަނަ ދުވަހު  'އެތެރެފުށާއި ބޭރުފުށުގެ ފޭރާން' މިމަޢުލޫއަށް އައްޝައިޚް މުޙައްމަދު މޫސާގެ ދަރުސެއް ބާއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.