ދިއިސްލާމް އަޅުގަނޑު ބަސްއަހަން، ނަމަވެސް މިއީ ނަމާދު ގަޑި، އެހެން ކަމެއް ނުވާނެ!!!

އަޅުގަނޑު ބަސްއަހަން، ނަމަވެސް މިއީ ނަމާދު ގަޑި، އެހެން ކަމެއް ނުވާނެ!!!

އަޅުގަނޑު ބަސްއަހަން، ނަމަވެސް މިއީ ނަމާދު ގަޑި، އެހެން ކަމެއް ނުވާނެ!!!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑު މިހާރު މިހުރީ ސެކިޔުލަރ (އިންސާނުން އުފައްދައިފިއްޔާ ނަމަކަށް ވާނީ އަބަދުވެސް) ޤައުމެއްގައެވެ. ނަމަވެސް ވަކި ދީނެއްގެ ބައެއް ގެ ތަނެއްގައި އެބައި މީހުން ގަދަކޮށް ފައިމުޑި ވިއްދާ ހަދައެވެ. ދަންނަވަންތޯ އެވެ. މިކަން ވަރަށް މިތާނގެ ކޮލެޖް ޔުނިވާރސިޓީތަކުގައި ބޮޑެވެ.

އަޅުގަނޑުގެ އަޚަކަށް ވީތީވެ ފަޚުރުވެރި ވާ މި ކުއްޖާ އަކީ ނަމާދަށް ވަރަށް ފަރުވާތެރިވާ ކުއްޖެކެވެ. މި ކުއްޖާ އަކީ ވެސް މިދެންނެވި ފަދަ ކޮލެޖް އެއްގައި ކިޔަވާ ކުއްޖެކެވެ. ގެޔާއި ކޮލެޖާއި ދެމެދު 35 ވަރަކަށް މިނިޓް (ބައިސްކަލެއްގައި) ގެ ދުރުމިން ހުންނާނެއެވެ. ކޮލެޖް ގަޑީ "ލަންޗް ބްރޭކް" އަކީ ނަމާދު ގަޑި އެވެ. ކެންޓީން އަށް ގޮސް ކައިގެން އައިސް އެހެން ކަމެއް ކުރަން ވެއްޖެއްޔާ ގިނަ ފަހަރު ހުންނަނީ ނުވެފައެވެ.

ކުރިންވެސް ދެންނެވި ހެން ނަމާދު ކުރާހިތްވިޔަސް ނަމާދު ކުރާނެ ތަނެއް ނެތެވެ. މުސްލިމުން އެނޫން ކުދިންވެސް އުޅެއެވެ. ނަމަވެސް އެއިން މީހަކު ނަމާދެއްނުކުރެއެވެ. ނަމަވެސް ﷲ ދެކި ލޯބި ވެއްޖެ މީހަކު ﷲ ދުލެއްނުކުރަށްވަވާނެތީވެ މި އަޚާ އެ ވަޤުތުގައި އެކަނި ގަހެއްގެ ހިޔަލުގައި ވީގޮތަކުން (ޤިބްލަ ހޯދައިގެން) ނަމާދު ކުރަން ފެށިއެވެ. އެކަނި މާއެކަންޏެވެ.

ނަމަވެސް މީހުންނަށް މިއީ "އޮޑް" ކަމަކަށް ވިޔަސް މާގިނަ ދުވަހެއް ނުވެ ދެވަނަ މީހަކު އިތުރުވެއްޖެ އެވެ. ދެން ތިނެއް، ހަތަރެއް، ފަހެއް،..... މިހެން ގޮސް މެންދުރުގެ އެ ވަޤުތު އެގަސްދޮށް އެއީ މިސްކިތަކަށް ވެއްޖެއެވެ.

ކޮލެޖް ޕްރިންސިޕަލް "ޗާޗް ފާދަރ އެއް" އަށް މިމަންޒަރު ކޮންމެސް ވަރަކަށް ފެންނަމުން ދިޔައެވެ. ނަމަވެސް ހިތުގައި މި ކުދިންނާއި މެދު ހިޔާލު އުފެދި ފަހުން އެ ޢަމަލު ވަރަށް ގާތުން ބަލަމުން ގެންދިޔަ އެވެ.

އާދެ، ނަތީޖާ އަކަށް ވީ އެކޮލެޖް ގައި ފުރަތަމަ ފަހަރަށް ނަމާދު ކުރާނެ ތަނެއް މުސްލިމު ކުދިންނަށް އަޅައި ދިނުމެވެ. މިނޫން އެހެން އަޅުކަން ކުރާތަނެއް މި ވީހާތަނަށް އެ ކޮލެޖް ތެރޭގައި އެޅިފައި ވީކަމެއް އިނގިފައެއް ނެތެވެ. އަދި މިހާރުވެސް ނެތެވެ. ނަމަވެސް ބައިވަރު އެހެން ދީންތަކުގެ ކުދިންތައް އެތާ މިހާރުވެސް އަދި އޭރުވެސް އުޅެއެވެ.

އެއްޗެއް ހިތަކަށް ނާރާތޯއެވެ؟ މިއީ އެންމެ ކުއްޖެއްގެ މަސަތްކަތުގެ ފެށުމެވެ. ﷲ އެ އަޚާ އަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހެއްދެކި ލޯބި ވެއްޖެ ނަމަ ޖިބްރީލް ޢަލައިހިއްސަލާމް އަށް އޭނަ ދެކި ލޯބިވުމަށް އަމުރުކުރަށް ވަވާނެއެވެ. އަދި ޖިބްރީލްގެފާނުން އުޑުގެ މަލާއިކަތުންނަށް އެކަން (އެ މީހަކީ ﷲ ލޯބިވެ ވޮޑިގެންވާ މީހެކޭ) އަންގަވާ އެބެއިކަލުންވެސް އެމީހެއްދެކި ލޯބިވުމަށް އަންގަވާނެއެވެ. ދެން މި ބިންމަތީގެ މީހުންގެ ހިތްތަކުގައި އެމީހަކާއި މެދު ލޯބި ޖައްސަވާނެއެނެ" (މުއްތަފަޤުން ޢަލައިހި)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.