އިންޑިއާކަނޑުގެ ތެރެއަށް އަތުރާލެވިފައި މިވާ ރަންމުތްތަކެއްފަދަ ކުދިކުދި ރަށްތަކަކީ މާތްﷲ ގެ ކުޅަދުންވަންތަކަމުން އަޅުގަނޑުމެންދިވެހިންނަ ލިބިފައިވާ ބޮޑުނިޢުމަތެކެވެ. މިނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަ، އަދި ހަލާލުގޮތުގައި ހިފުމަކީ އިންސާނުންގެ މަށްޗައް ލާޒިމްކުރާކަމެކެވެ.
މިދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ސަބަބުން ފަތުރުވެރިން ހިތައުފާކޮއްލާ މަންޒިލެއްގެގޮތުގައި މިރާއްޖެ މިވަނީ ވެފައެވެ. ރިސޯރޓް ތަކުގައިއާއި މީހުން ދިރި އުޅޭރަށްތަކުގައިވެސް ފަތުރުވެރިންނަށް ތިބުމުގެ އިންތިޒާމުތައްވަނީ ހަމަޖެހިފައެވެ.
އަޅުގަނޑު ފަހަރެއްގައިވެސް ރިސޯރޓުތަކުގެ ދޮންވެލި ތުނޑިތައް ކުނިބުނިން ހަޑިކުރާވާހަކައެއް ނުދަންނަވާނަމެވެ. އެއައްވުރެ އެތަންތަން ސާފުކޮށް ބަލަހައްޓައެވެ.
ބައެއް ރިސޯރޓުތަކުގައި ފަތުރުވެރިންނަށްވަނީ އެމީހުން އިޙްތިޔާރުކުރާގޮތަކަށް ހެދުންއެޅުމުގެ ފުރުޞަތުދީފައެވެ. ނަމަވެސް މީހުންދިރިއުޅޭ ރަށްރަށުގައި އެފުރުޞަތު ނޯންނަކަން އުފަލާއިއެކުފާހަގަ ކޮއްލަމެވެ. އެކަމަކުވެސް ޤަވަޢިދު އެއީ ލިޔެފައި އޮނައެޗަކަށް މިއަދު މިވަނީ ވެފައެވެ.
މިރަށުގެ އިރުމަތިފަރާތުގައި ހިތްގައިމު ތުނޑިއެއް އޮވެއެވެ. މިތުނޑިއަކީ މިރަށުގެ ގިނަ ޢާއިލާތަކުން އެމީހުންގެ ދަރިން ގޮވައިގެން މޫދައްއެރިލާ، މަޖާކޮށް ހަދާލުމަށްދާ ތުނޑިއެކެވެ. އެކަމަކު މިއަދު މުޅި ތުނޑިވަނީ ޚަރާބުވެ ހަޑިމުޑުދާރުތަނަކައްވެފައެވެ. ފަހަރެއްގައިވެސް ކުނިބުނިން ތުނޑި ފުރުނީކީނޫނެވެ.
މިރަށު ގެސްޓްހައުސްއެއްގައި ދިރިއުޅެ ތިން ފަތުރުވެރިޔަކު އުނު އޮރިޔާންނިވާނުވާހާލުގައި މޫދަށް އެރެންތިއްބެވެ. އެއީ އަންހެނަކާއި ދެ ފިރިހެނުންނެވެ. އެތާގައި ހަވީރުގެ ހިތްގައިމު މަންޒަރުބަލައިލުމަށް އެތައް ކުޑަކުދިންނެއް އެކުދިންގެ ބެލެނިވެރިންނާއެކު އަންނަމުންދެއެވެ. މި މަންޒަރު ބައެއްބެލެނިވެރިންނަ ފެނުމުން، މިކަމާ ބައެއްބެލެނިވެރިންރުޅިގަދަވެގެން އަޑުލާ ކައުންސިލްގައިވެސް އެމައްސަލަޖެއްސިއެވެ.
މިކަމަކީ އަލަކަށް ދިމާވި ކަމެއްނޫނެވެ. ދެތިންފަހަރަކު މިކަން ތަކުރާރުވެފައިވެއެވެ. އަދި ރާއްޖޭގެ އެހެންރަށްރަށުގައިވެސް މި ހަޑިމުޑުދާރު ޢަމަލު ހިގަމުންދާކަމީ ހިތާމަހުރި ކަމެކެވެ.
އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ބުނެލަންއޮތީ "ރިސޯރޓް ތަކުގެ ދޮންވެލި ތުނޑިތައް ފަދައިން މީހުންދިރިއުޅޭ ރަށްރަށުގެ ތުނޑިތައް ހަޑިމުޑުދާރު ނުކުރާށެވެ." އެހެނީ އެރަށްރަށުގައި ދިރިއުޅެނީ އަޅުގަނޑެކޭ އެއްފަދައި ތިޔަ ލޮބުވެތި ދިވެހީނެވެ. ތިޔަ ދިވެހީންގެ ދަރީންނެވެ. އެދަރީންގެ ހިތްތައް އެހަޑިމުޑުދާރު މަންޒަރުތަކުން ކިނލަބުނުކުރާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...