ދިއިސްލާމް ޕާކިސްތާނު ސަރުކާރުން ރާއްޖޭގައި ބެހެއްޓި ބިނާ ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން: ޕްރެސް ސެކްރެޓަރީ

ޕާކިސްތާނު ސަރުކާރުން ރާއްޖޭގައި ބެހެއްޓި ބިނާ ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން: ޕްރެސް ސެކްރެޓަރީ

ޕާކިސްތާނު ސަރުކާރުން ރާއްޖޭގައި ބެހެއްޓި ބިނާ ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން: ޕްރެސް ސެކްރެޓަރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރައީސްގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު، ފޮޓޯ: ސަން

ސާކްސަމިޓާއި ދިމާކޮށް ކަމަށްބުނެ އައްޑޫގައި ބެހެއްޓި ޣައިރުދީންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ "މޮނިއުމެންޓް ބޮލާލާ ޖެހުމަކީ ސަރުކާރަށް ފަސޭހަކަމެއް ނޫން"ކަމަށް ރައިސްލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު މިހެންވިދާޅުވީ ޣައިރު ދިންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ މޮނިއުމެންޓް ނެގުމަށް އިސްލާމިކް މނިސްޓްރީއިން ސަރުކާރުގެ ތިން އިދާރައަކަށް އަންގާފައިވަނިކޮށް ހަވީރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

"ހާއްސަކޮށް އަޅުގަނޑުމެންނަށް ވުރެ އިސްލާމީ އިލްމުވެރިން ގިނަ، އިސްލާމްދީނަށްޓަކައި މާ ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ އެކުވެރި އިސްލާމީ ދައުލަތަކުން ކުރައްވާފައިވާ އެ ބާވަތުގެ ކަމެއް ބޮލާލާ ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއްވެސް އިސްލާމީ ދައުލަތަކާއި އަނެއް ދައުލަތަކާ ދެމެދު އެކަން އެހެނެއް ނޯވޭ" ހަވީރަށް ދެއްވި ބަސްތީގަތުމުގައި ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ޣައިރު ދީންތަކުގެ އަޅުކަންކުރާ ބުދުތަކެއް ހިމެނޭ މޮނިއުމެންޓް މައްސަލައިގައި ގޮތެއް ނިންމޭނީ އިސްލާމިކް މިނިސްޓަރާއި ޕާކިސްތާނު ހައިކޮމިޝަނާ ދެމެދު ކުރެވޭ މަޝަވަރާތަކަށްފަހުގައި ކަމަށެވެ. ޒުހައިރު މިހެންވިދާޅުވިއިރު އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ އެމްބަސީތަކާ ބެހޭ ކަންތައްތައް ކުރާނީ ފޮރިން މިނިސްޓްރީން ކަމަށާއި، އެމްބަސީތަކާ ވާހަކަ ދައްކައިގެން މޮނިއުމަންޓްތައް ނެގުމަކީ ފޮރިން މިނިސްޓްރީގެ ކަމެއް ކަމށެވެ.

ޒުހައިރު އަދި ވިދާޅުވީ މިކަމުގައިއިސްލާމިކް މިނިސްޓްރި އަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި މިކަމުގައި ދީނީ ގޮތުން އޮންނަގޮތް އިސްލާމިކް މިނިސްޓަރ ވިދާޅުވާނެ ކަމަށެވެ. އެއާ އެކު ރައްޔިތުންގެ ޝުޢޫރުތަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށެވެ.

ރައްޔިތުންގެ ޝުއޫރުތަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށް ޒުހައިރު ވިދާޅުވިއިރު، ސަރުކާރުންވަނީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ޣައިރު ދީންތަކުގެ ބުދުތައް ހިމެނޭ މޮނިއުމެންޓް ހިމާޔަތްކުރުމަށް ދިވެހި ފުލުހުން ނެރެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.