އިންޑިއާއިން ޤަބޫލުކުރާ ކަހަލައެވެ، އަޅުގަނޑުމެންގެ މި "މިނިވަން" ދިވެހިރާއްޖެއަކީ އިންޑިޔާގެ މިލްކެކެވެ. ޗައިނާއިން ޤަބޫލުކުރަނީ ރާއްޖޭގައި ޗައިނާގެ ބާރުވެސް އޮންނަން ޖެހޭނެކަމަށެވެ. ކޮންމެއަކަސް އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ފާހަގަކުރުމަށް 26 ޖުލައި ހަމަޖައްސާފައިވިޔަސް އަޅުގަނޑުމެންނަށް މިނިވަންކަމުގެ އިޙްސާސް މިހާރު މިވަނީ ގެއްލިފައެވެ. އަދި އަޅުވެތިކަމުގެ އިޙްސާސް މިހާރުވަނީ ކުރެވެންފަށާފައެވެ.
ބުދަށް އަޅުކަންކުރާ މީހުންގެ މެޖޯރިޓީއެއް އޮންނަ އިންޑިއާއަކީ ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑުމެންގެ ރާއްޖެއަށް އެހީތެރިވަމުން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް ޞިއްޙީދާއިރާއަށް ވަރަށްގިނަގުން އެހީތެރިކަމެއްވަނީ ފޯރުކޮށްދެއްވާފައެވެ. އަދި މިހާރުވެސްދަނީ ފޯރުކޮށްދެމުންނެވެ. އެތައްމިލިއަން ފަޤީރުންނެއް ދިރިއުޅެމުންދާ އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ ތަފާތު ކަންތައްތަކުގެ ބަދަލު އެމީހުން ބޭނުންވާނެކަން ގާއިމެވެ. އެހެންނޫންނަމަ އަމިއްލަ ޤައުމުގެ ފަޤީރު ޙާލަތު ބަހައްޓާފައި އެހެން ޤައުމަކާއިގެން އުޅުމުގެ ބޭނުމެއް ނޯންނާނެއެވެ.
ދެންއޮތީ ޗައިނާއެވެ. ޗައިނާއަކީވެސް ގުނާ ޢަދަދުނުކުރެވޭ ވަރަށް ރާއްޖެއަށް އެހީތެރިވަމުންދާ ޤައުމެކެވެ. ކުރިން ދެންނެވިހެން ޗައިނާގައިވެސް އެތައް މިލިއަން ބަޔަކު ފަޤީރު ޙާލަތުގައި ކާއެއްޗެއް އަދި ބޯހިޔާވަހިކަމެއް ނެތް އިރު ރާއްޖެއަށް ދެމުންގެންދާ މިލިއަން މިލިއަން ޑޮލަރުގެ ބަދަލު އެމީހުން ބޭނުންވާނެއެވެ.
އިންޑިޔާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީއާ އިންޑިޔާގެ ދަ ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއުއެއްގައި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއްހުޅުވިޔަސް އިންޑިޔާއިން ކަންބޮޑުނުވާނެކަމަށް ބުނުމަކީ އަޅުގަނޑުމެން އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ މައްސަލައެކެވެ. ވަރަށް ހާސްވާންޖެހޭ މައްސަލައެކެވެ.
މިއީ އިންޑިއާއެއްނޫނެވެ. މިއީ ދިވެހި ރާއްޖެއެވެ. ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން އިންޑިއާއިން ކަންބޮޑުވީ ކީއްވެހެއްޔެވެ؟
"ދުނިޔޭގެ އެއްވެސް ގައުމަކުން އެހެން ގައުމެއްގައި އެމްބަސީއެއް ހުޅުވުން ނުވަތަ ގުޅުން ބަދަހި ކުރުން ހުއްޓުވާނީ ކިހިނެތް؟" އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މިބުނުމަކީ އަޅުގަނޑުމެން އެއާއިމެދު ވިސްނާނުލާ ދޫކޮށްލުން ހެޔޮވާވަަރުގެ ވާހަކައެއްނޫނެވެ. މިފަދަ ދާޚިލީ ކަންކަމަށް ރާއްޖެއަށް އެހީދޭކަމަށް ބުނާ އިންޑިޔާއިން ބަސް ބުނުމަކީ ޙަޤީޤަތުގައި ރާއްޖެއަށް ކަމަށްބުނެ ދެވިފައިވާ އެހީއާއިމެދު ރައްޔިތުން ދެވަނަ އަދި ތިންވަނަ ވިސްނުމަކުން ވިސްނައިލާން ޖެހޭ ކަންކަމެއް ނޫންބާއެވެ؟ ހަމަ މިފުރުޞަތުގައި ޤައުމީ ސަލާމަތާއިބެހޭ ފަރާތްތަކުން މިކަމާއި ކަންބޮޑު ނުވެއްޖެނަމަ އެއިން ދޭހަކޮށްދެނީ ދިވެހިޕާސްޕޯޓްގައި ސަލާމަތާއިބެހޭ ކަންކަމުގައި މިއަދުތިބީ އިންޑިއާމީހުން ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...