ދިއިސްލާމް ނޫސްވެރިން ހައްޔަރުކުރުމަކީ މަސައްކަތަށް ހުރަސް އަޅައި ބިރު ދެއްކުން: އެމްޖޭއޭ

ނޫސްވެރިން ހައްޔަރުކުރުމަކީ މަސައްކަތަށް ހުރަސް އަޅައި ބިރު ދެއްކުން: އެމްޖޭއޭ

ނޫސްވެރިން ހައްޔަރުކުރުމަކީ މަސައްކަތަށް ހުރަސް އަޅައި ބިރު ދެއްކުން: އެމްޖޭއޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރޭ ބައެއް ނޫސްވެރިންނާ މީޑިއާ ކައުންސިލްގެ ބޭފުޅަކު ވާހަކަދައްކަނީ - މިތަނުގައި ތިބި ބައެއް ނޫސްވެރިން ދޫނިދޫ އަށް ގެންދިޔަ - ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

 

ނޫސްވެރިންގެ ފާހާއި، ފޯނު އަދި ކެމެރާ ފަދަ ތަކެތި އަތުލައި އެހެން މީހުންނެކޭ ވެސް އެއް އުސޫލަކުން ފުލުހުން ނޫސްވެރިން ހައްޔަރު ކުރި ކުރުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ބިރު ދެއްކުމެއް ކަމަށާއި، ފުލުހުންގެ އެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

 

އެ ޖަމްޢިއްޔާ އިން މިހެން ބުނީ ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި، ސާކް ސަމިޓާ ގުޅުވައިގެން ހަރުކޮށްފައިވާ ލާދީނީ ރަމްޒުތައް ހިމެނޭ ބެނާތަކުގެ މައްސަލާގައި ޝުޢޫރު ފާޅުކުރުމަށް ހުޅުލެއަށް ދން އުޅުނު ބަޔަކާ ގުޅޭ ޚަބަރު ކަވަރުކުރުމަށް ހަރަކާތްތެރިވި 13 ނޫސްވެރިން ހައްޔަރުކޮށް ދޫނިދު އަށް ގެންދިޔަ މައްސަލައިގައި މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެމްޖޭ އޭ އިން ބުނީ ނޫސްވެރިން ހައްޔަރުކޮށް، ދޯނީގައި ތިބި އެހެން މީހުންނާ ވާހަކަ ދެއްކި އުސޫލުން ފުލުހުން ނޫސްވެރިންނާ މުހާތަބުކޮށްފައިވާ ކަމަށެވެ.

 

ނޫސްވެރިންނަކީ ހިނގާ ތަފާތު އެކިއެކި ކަންކަން ޒިންމާދާރު ކަމާ އެކު ޢާންމު ރައްޔިތުންނާ ހަމައަށް ޢާންމުކުރުމުގެ މަސްއޫލިއްޔަތު އުފުލާ ބަޔަކަށްވާއިރު، ފުލުހުންގެ ޢަމަލުތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ޢާންމުކުރާނީ ނޫސްވެރިންކަން ދެނެތިބެ، އެފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އެމްޖޭއޭ އިން ގޮވާލާފައިވެއެވެ.

 

އެމްޖޭއޭ އިން ބުނީ ދޫނިދު އަށް ނޫސްވެރިން ގެންދިޔަ މައްސަލައާ ގުޅިގެން އެމްޖޭއޭގެ ފަރާތުން ފުލުސް އޮފީހާ ވާހަކަ ދައްކައިގެން ލަސްނުކޮށް ނޫސްވެރިން ދޫކޮށްލާފައިވާ ކަމަށެވެ.

ރޭ 18:45 ހާއިރު ހުޅުލެއަށް ދާންވެގެން އުޅުނު ދެ ފެރީގައި ތިބި މީހުންނާއެކު ދިޔަ ނޫސްވެރިންތައް ދޫނިދޫ އަށް ގެންދިއުމަށްފަހު ދޫކޮށްލީ 22:00 ހާއިރުއެވެ. އެ ދެފެރީގައި ތިބި 80 ވަރަކަށް މީހުން ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދިޔައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލާހުގެ 2 މެމްބރުން ކަމުގައިވާ އަޙްމަދު މަޙްލޫފާއި، ޢަލީ އާރިފް ހިމެނެއެވެ. އެ ދެބޭފުޅުންގެ އިތުރުން އެހެން ބައެއް މީހުން ވެސް ރޭ ވަނީ ދޫކޮށްލާފައެވެ.

ޓެގް

ނޫސްވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.