ބެނާތައް ނެގުމަށް އެއާޕޯޓަށް ދާން އުޅުނު ބަޔަކު ދޫނިދޫއަށް ގެންދިޔުން. އިތުރު ފޮޓޯ ބައްލަވާ!
10 ނޮވެމްބަރ 2011 (00:20)
ދޫނިދޫ އަށް ގެންދިޔަ އަންހެންވެރިން ދޫކޮށްލައިފި. އެމީހުން ފުލުހުންގެ ލޯންޗެއްގައި މާލެ ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބޭ.
22:26
މީޑިއާގެ އެންމެން ދޫކޮށްލުމަށްފަހު ބާކީ ތިބި އެންމެން އަދިވެސް ތިބީ ދޫނިދޫގައި ބިޑިއަޅުވާފައި. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެންވެރިންވެސް ހިމެނޭ. ދޫނިދޫގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލީހުގެ 2 މެމްބަރުން ހިމެނޭއިރު އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުންވެސް ހިމެނެއެވެ.
22:00
މީޑިއާގެ ހުރިހާ ނޫސްވެރިން ދޫކޮށްލައިފި. ދެންތިބި މީހުން އަދިވެސް ތިބީ ހައްޔަރުކޮށްފައި ދޫނިދޫގައި. ނޫސްވެރިންގެ ތެރޭގައި ދިއިސްލާމްގެ ނޫސްވެރިޔާ އިބްރާހިމް ސާލިމް އާއި ފޮޓޯގްރާފަރ އިބްރާހީމް އަޝްވާޤް ހިމެނޭ. ދިއިސްލާމްގެ ދެ ބޭފުޅުން ގޮސްފައިވަނީ ދެ ފެރީއިން.
"ފެރީ ހުޅުލެ ފަޅަށް ވަންތަނާ ފުލުހުން އައިސް ދޯނި ހުއްޓުވީ. ދެން ވަގުތުން ދޯނި ގެންދިޔައީ ދޫނިދޫ އަށް. ފުރަން ދިޔަ މީހުން ޕޮލިހުންނާއި އެކު ގެންދިޔައީ ވަޒީފާއަށް ދިޔަ މީހުންވެސް ހުޅުލެއަށް ގެންދިޔަ. ބާކީ ތިބިއެންމެން ގެންދިޔައީ ދޫނިދޫއަށް. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ. ދޫނިދޫ އަށް ގެންގޮސް ދޯނީގައި ބައިތިއްބާފަ މީޑިއާ އެންމެން ބޭލުވީ. ދެންތިބި މީހުން ދޯނީގައި އިރުގަނޑަކު ބައިތިއްބާފަ ފަހަރަކު ބަޔަކު ބޭލުވީ ދޫނިދޫއަށް." ދިއިސްލާމްގެ ފޮޓޯގްރާފަރ އިބްރާހިމް އަޝްވާޤް ބުންޏެވެ.
އަޝްވާޤް ބުނީ "މީޑިއާ ކާޑާއި ފޯނުވެސް ޕޮލިހުން އަތުލި" ކަމަށެވެ. އަދި ދޫކޮށްލުމަށްފަހު "މިހާރުތީ ކުށްވެރިން ނޫން" ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަޝްވާޤް ބުންޏެވެ.
20:45
މަހުލޫފް އަދި އަލީ އާރިފްގެ އަތުގައި ބިޑި އަޅުވައިގެން ދޫނިދޫ އަށް ބާލައިފި.
އެ ދޯނީގައި ތިބި އެހެން މީހުންވެސް ބިޑިއަޅުވައިގެން ދޫނިދޫ އަށް ބާލުވަމުން އެބަދޭ.
އަނެއް ދޯނީގައި ތިބި މީހުން އަދި ދޫނިދޫ އަށް ބާލުވާކަށް ނުފަށާ.
ދެ ދޯނީގައި ތިބި މީޑިއާގެ މީހުން ވެސް ދޫނިދޫ އަށް ބާލުވައިފި. އަދި މީޑިއާ މީހުންނާ ފުލުހުން ސުވާލުކުރަމުން އެބަދޭ
19:58
މަހުލޫފް އަދި އަލީ އާރިފާ ފުލުހުން ސުވާލުކޮށްފި.
19:40
ދެ ފެރީވެސް މިހާރު އޮތީ ދޫނިދޫ ފަޅުތެރޭގައި. މި ފެރީތަކުގައި އެއާޕޯޓަށް ފުރަންދާން ވެގެން ގޮސް ތިބި މީހުންވެސް ތިބި ކަމަށް، އެއް ފެރީގައި ހުރި މީހަކު މަޢުލޫމާތު ދިން.
އެއް ފެރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް އެބަ ހުންނެވި.
19:28
އެއާޕޯޓަށް ޑިއުޓީއަށާ އެފަދަ ބޭނުންތަކުގައި ދިއުމަށް ގޮސް ތިބި މީހުން ފުލުހުންގެ ލޯންޗެއްގައި އެއާޕޯޓަށް ގެންގޮސްފި.
19:25
ދެވަނަ ފެރީ އަށް އެރި މީހުންނާ މުޒާހަރާ އަށް އެސަރަހައްދަށް އެއްވި މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ އަށް ގެންދަނީ. މި ފެރީގައި ދިއިސްލާމްގެ ފޮޓޯގްރަފަރެއްވެސް ހިމެނޭ.
19:00
ފުލުހުން ވަނީ ފުރަތަމަ ފެރީ އަނބުރާލުވައި ދޫނިދޫ އަށް ފޮނުވާލާފައި.
އެއާޕޯޓަށް ދާން ތައްޔާރުވި އަނެއް ފެރީ ފުލުހުން ވަނީ މާލޭ ޖެޓީން ހިފަހައްޓާފައި.
18:50
ކަނޑުމަތިން ފެރީ މަޑުކުރުވައިފި. ފެރީ މަޑުކުރުވީ ފުލުހުން.
18:45
ފެރީ ނައްޓާލައިފި
18:37
އެއާޕޯޓަށް ދިއުމަށްޓަކައި ފެރީ އަށް މީހުން އަރަމުން އެބަދޭ.
18:30
ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި އީސާގެފާނުގެ ސޫރަ ކުރަހައި، އިސްލާމްދީނަށް ފުރައްސާރަވާފަދަ ލާދީނީ ޝިޢާރުތައް ހިމެނޭ ބެނާތަކެއް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ސަރުކާރުން ހަރުކޮށްފައިވާތީ، އެތަކެތި ނެގުމަށްޓަކައި ދިވެހި ރައްޔިތުންގެ ބަޔަކު އެއާޕޯޓަށް ދިއުމަށް ޕޯސްޓް އޮފީސް ބިލްޑިންގ ކައިރިއަށް އެއްވެއްޖެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...