ދިއިސްލާމް ވަގު ކުރެޑިޓް ކާޑަކުން ވިޔަފާރި ކުރި ދިވެއްސަކު ސްރީލަންކާގެ ނިގަމްބޯ ފުލުހުން ހައްޔަރުކޮށްފި

ވަގު ކުރެޑިޓް ކާޑަކުން ވިޔަފާރި ކުރި ދިވެއްސަކު ސްރީލަންކާގެ ނިގަމްބޯ ފުލުހުން ހައްޔަރުކޮށްފި

ވަގު ކުރެޑިޓް ކާޑަކުން ވިޔަފާރި ކުރި ދިވެއްސަކު ސްރީލަންކާގެ ނިގަމްބޯ ފުލުހުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަގު ވިޔަފާރި ކުރި މީހުން ގަނެފައިވާ ބައެއް މުދާ

 

ވަގު ކުރެޑިޓް ކާޑަކުން ވިޔަފާރި ކުރި ދިވެއްސަކު ސްރީލަންކާގެ ނިގަމްބޯ ފުލުހުން ހައްޔަރުކޮށްފިއެވެ.

ދިވެހި މީހާގެ އިތުރުން ފުލުހުން ވަނީ މެލޭޝިއާގެ ރައްޔިތަކާއި އެއަރޕޯޓް ޕޯސްޓް އޮފީހުގެ ޕިޔޯނަކާއި ލަންކާ އެއަރޕޯޓް ސެކިއުރީގައި ކުރިން ވަޒީފާ އަދާކުރި މީހަކާއި އަދި އިތުރު އެހެން މީހަކު ހައްޔަރު ކޮށްފައެވެ. ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފާވާގޮތުން މި މީހުން ކުރެޑިޓް ކާޑުތަށް ވަގަށް ނަގައިފާވަނީ މެލޭޝިއާއިންނެވެ. އަދި މި ކާޑުތައް ބޭނުންކޮށްގެން ލަންކާގެ ސްޕަރމާޓްތަކުން މިލިއަނަކަށް ވުރެ ގިނަ ރުޕީސްގެ ވިޔަފާރިކޮށްފައިވެއެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ހައްޔަރު ކުރި ދިވެހި މީހާ ވަގު ކުރެޑިޓް ކާޑުތައް ބޭނުންކޮށްފައިވަނީ އޭނަގެ ފިހާރައަށް މުދާ ގަތުމަށެވެ. މީގެ އިތުރުން ހައްޔަރު ކުރި މީހުންގެ އަތުން އަށް ޕާސްޕޯޓާއި ދެ އައިޑީ ކާޑު އަދި އިމިގްރޭޝަން ސީލުތަކެއް ފެނިފައިވެއެވެ.

ހައްޔަރު ކުރި އެއްވެސް މީހެއްގެ ނަން ފުލުހުން ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.