ރާއްޖޭގެ ޚަބަރު ނަމާދު ވަގުތައް ބެލުމެއްނެތި އެމް.ޑީ.ޕީއިން މުޒާހިރާކޮށްފި

ނަމާދު ވަގުތައް ބެލުމެއްނެތި އެމް.ޑީ.ޕީއިން މުޒާހިރާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އެމް.ޑީ.ޕީއަށް ނިސްބަތްވާ ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމް.ޑީ.ޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން ނަމާދު ވަގުތައް ބެލުމެއްނެތި މަޖީދިއްޔާއާއި ދަރުމަވަންތަ ސުކޫލާއި ޤުރުއާނާބެހޭ މަރުކަޒާއި މަސްޖިދިލް އިސްކަންދަރާއި ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ހުންނަ ޤާނޫނު ހަދާމަޖިލިސް ކުރިމަތީގައި މިއަދު ވަނީ މުޒާހަރާކޮށްފިއެވެ.

މިއަދު މެންދުރު ނަމާދު ވަގުތުވެގެންދިޔައިރުވެސް މަސްޖިދިލް އިސްކަންދަރާއި ހުކުރު މިސްކިތުގައި ނަމާދު ކުރަމުން ދިޔަމީހުންނަށް އުނދަގޫވާ ގޮތައް އެމް.ޑީ.ޕީގެ އެކްޓިވިސްޓުންވަނީ އަޑުގަދަކޮށް މުޒާހިރާ ކޮށްފައެވެ. މިކަމާއި ގުޅިގެން މިމިސްކިތްތަކުގައި ނަމާދު ކުރި މީހުންވަނީ އުނދަގޫވުމުގެ ޝަކުވާކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިއްޔެ ވަޒީރުންގެ މަޖިލިސް އިސްތިއުފާ ދިނުމާއި ގުޅިގެން މާލެތެރެވަނީ ހަލަބޮލިވެފައެވެ.

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.