ދިއިސްލާމް އަފްޣާން ޖަލުތަކުގައި ހިންގާ ޖަރީމާތައް އެމެރިކާ ރަނގަޅަށް ދަނޭ : ރިޕޯޓް

އަފްޣާން ޖަލުތަކުގައި ހިންގާ ޖަރީމާތައް އެމެރިކާ ރަނގަޅަށް ދަނޭ : ރިޕޯޓް

އަފްޣާން ޖަލުތަކުގައި ހިންގާ ޖަރީމާތައް އެމެރިކާ ރަނގަޅަށް ދަނޭ : ރިޕޯޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްޣާން ޖަލުތަކުގައި ހިންގާ ޖަރީމާތައް އެމެރިކާ ރަނގަޅަށް ދަންނަ ކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.

ވޮޝިންޓަން ޕޯސްޓުން އާދިއްތަ ދުވަހު ހާމަކުރި ރިޕޯޓެއްގައި ވާގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އަށާއި ޖާސޫސީ އިދާރާ (ސީއައިއޭ) އަށް އަފްޣާނިސްތާނުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފް އެތަކެއް އަނިޔާތަކެއް ޤައިދީންނަށް ދެމުންދާކަމުގެ މަޢުލޫމާތު އެކި ސިފަސިފައިގައި ލިބިފައިވާއިރު ވެސް ވޮޝިންޓަނުގައި ހައްޔަރުގައި ތިބި މީހުން އެތަނަށް ބަދަލުކޮށްފައިވެއެވެ.

އެ ޖަލުތަކުގައި ޤައިދީންނަށް ކަރަންޓް ޝޮކް ދީ، ތަޅާކަމުގެ ރިޕޯޓްތައްވެސް ލިބެމުން ދެއެވެ. 2010 ވަނަ އަހަރު އެމެރިކާގެ ޚަރަދުގައި އަލުން ހަދާފައިވާ ޖަލުތަކަށް އެމެރިކާގެ ޖާސޫސީ އިދާރާގެ މީހުން ޤަވާއިދުން ޒިޔާރަތް ކުރަމުންދާ ކަމަށް އަފްޣާންގެ އޮފިޝަލުން ބުނެއެވެ. އަދި އެ ޖަލުތައް ތާލިބާން ހަނގުރާމަވެރިންނާއި އަލްޤައިދާގެ ޓެރެރިސްޓުން ކަމަށް އެބައިމީހުން ޝައްކުކުރާ ހަނގުރާމަވެރިންނާ ސުވާލުކޮށް ތަޙްޤީޤް ކުރުމަށް ވެސް ބޭނުންކުރެއެވެ.

އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާ އިން ބަލަހައްޓަމުންދާ މި ޖަލުތަކުގައި ޓެރެރިސްޓުންކަމަށް އެބައިމީހުން ޝައްކުކުރާ 40 ވަރަކަށް މީހުން ހިމެނެއެވެ. މި ޖަލުތަކުގައި އެތަކެއް ބައިވަރު މިފަދަ ޖަރީމާތައް ހިނގާތީ މިތަނަށް "ނަރަކަ" އޭ ވެސް ކިޔައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.