ދިއިސްލާމް "އޮކިއުޕައި ވޯލް ސޮޓްރީޓް" މުޒާހަރާގެ ބައިވެރިން އެހެން މުޒާހަރާއަކާއި ދިމާއަށް

"އޮކިއުޕައި ވޯލް ސޮޓްރީޓް" މުޒާހަރާގެ ބައިވެރިން އެހެން މުޒާހަރާއަކާއި ދިމާއަށް

"އޮކިއުޕައި ވޯލް ސޮޓްރީޓް" މުޒާހަރާގެ ބައިވެރިން އެހެން މުޒާހަރާއަކާއި ދިމާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Occupy Together at Occupy Vancouver by Max Hirst

 

އެމެރިކާގައި ކުރިޔަށްދާ މުޒާހަރާތަކުގައި ފުލުހުން އެތައްބައެށް ހައްޔަރުކޮއްފައިވާތީއާއި އެބައިމީހުން ރައްޔިތުންނާއިމެދު ޢަމަލު ކުރަމުންދާ ހަރުކަށިގޮތް ކުށްވެރިކޮށް އަންނަ ހޮނިހިރު ދުވަހު އެކަމާދެކޮޅަށް ނިޔުޔޯކުގެ ސިޓީހޯލުގައި ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެންމެފަހުން ކުރި މުޒާހަރާތަކުގައި ޒަހަމްވި ކުރީގެ އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރި ސްކޮޓް އޮލްސަން ވެސް ވަނީ މުޒާހަރާތަކުގައި ބައިވެރިވުމަސް ގޮވާލާފައެވެ. ފަސާދައާއި ފަޤީރުކަމާއި ހަމަހަމަކަން ޤާއިމު ނުކުރެވުމުގެ ނަތީޖާއެއްގޮތުން ސެޕްޓެމްބަރ 17 ގައި އެމެރިކާގެ ނިއުޔޯކުގެ މާލީ ވުޒާރާކައިރިއައް "އޮކިއުޕައި" ޝިއާރުގެ ދަށުން އެއްވި ފަހުން  އެ ޤައުމުގެ ފުލުހުންވަނީ އެތައް ހާސް ބަޔަކު ހައްޔަރުކޮއްފައެވެ.

މުޒާހަރާކުރަމުންދާ ބައިވެރިންނާއި ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ބާރާއިއެކު ނުކުމެ ހިންގަމުންދާ ކަންތަކުން އިތުރުވަމުންދާ މުޒާހަރާގެ ބައިވެރިންގެ ސަބަބުން އެބައިމީހުން ރުޅިގަދަވެފައިވާ މިންވަރު ހާމަކޮއްދެއެވެ.

މިފަދަ ހަރަކާތްތަކެއްވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުނެވެ. އެގޮތުން އޮސްޓޮރޭލިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ސޮޕެއިން، އަޔަލޭންޑް އަދި ޕޯޗުގަލް ހިމެނެއެވެ.

 

ލައިވް ބްލޮގް: “އޮކިއުޕައި ވޯލް ސްޓްރީޓް” މުޒާހަރާ

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.