
ރީކޯ މޫސާ މަނިކު
މި ނޮވެމްބަރު މަހު ފެށޭ ސާކްސަމިޓު ތެރޭގައި ބަޔަކު ބޮންގޮއްވަން އުޅޭކަމަށް ތުހުމަތުކުރައްވައި އެމްޑީޕީގެ ވަގުތީ ޗެއާރޕާސަން ރީކޯ މޫސާ މަނިކު ވާހަކަދައްކައިފިއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރީކޯ މޫސަ ބުނެފައިވަނީ "ސާކް ސަމިޓް އާއި ދިމާކޮށް ބަޔަކު ބޮންގޮއްވާށާއި ކޮކަޑި އަޅަން ރާވާފައިވާކަން އޭނާ އަށް އެނގޭ" ކަމަށެވެ. އަދި "އެކަންކުރަން އުޅޭ ބަޔަކަށްވެސް އޭނާ އަށް އެކަން އެނގޭކަން އެނގޭނެ"ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ "އެމެރިކާގެ ސީ.އައި.އޭ އަށްވުރެވެސް ރާއްޖޭގެ ސީ.އައި.އޭ މާ ރަނގަޅުވާނެ"ކަމަށާއި "ނޫސްތަކުން އެކަމާ ބެހޭގޮތުން އޭނާ އާ ސުވާލުކުރެއްވިއަސް ޖަވާބު ނުދޭނެ"ކަމަށްވެސް ރީކޯ މޫސަ ބުނެފައިވެވެ.
މޫސަގެ ވާހަކައިގައި މިކަންކުރަން އުޅޭ ބައެއްގެ އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ. އަދި އެމް.އެން.ޑީ. އެފް އިންވެސް ބަޔަކު މީހުން މިކަހަލަ ކަމެއް ކުރަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހާމަކުރައްވާފައެއްނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...