ދިއިސްލާމް ދަރިފުޅު މަރާލުމަށްފަހު ކޯސްޓް ދަޅަކަށްލައި އެއްލާލި ޝާއިރާގެ ގައިގައި ޒިނޭގެ ހައްދު ޖަހައިފި

ދަރިފުޅު މަރާލުމަށްފަހު ކޯސްޓް ދަޅަކަށްލައި އެއްލާލި ޝާއިރާގެ ގައިގައި ޒިނޭގެ ހައްދު ޖަހައިފި

ދަރިފުޅު މަރާލުމަށްފަހު ކޯސްޓް ދަޅަކަށްލައި އެއްލާލި ޝާއިރާގެ ގައިގައި ޒިނޭގެ ހައްދު ޖަހައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނަޙަލާލަށް ބަލިވެ އިނދެ ދަރިފުޅު ވިހާފައި، މަރާލުމަށްފަހު ކޯސްޓް ދަޅަކަށްލައި، ވިލިމާލޭ ވަލު ތެރެއަށް ދަރިފުޅު އެއްލާލި ނ.މަނަދޫ، ފިނޮޅޮ، އައިމިނަތު ޝާއިރާގެ ގައިގައި ޒިނޭގެ ހައްދު ޖަހައިފި އެވެ.

ޖަސްޓިސް ޢިމާރާތުގެ ބޭރަށް ނެރެ ކްރިމިނަލް ކޯޓުން، ޝާއިރާ ގައިގައި 100 އެތިފަހަރުން ހައްދު ޖަހާފައި ވަނީ ހޯމަ ދުވަހު އެވެ. ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޙައްދު ޖެހި މަންޒަރު ބަލާފައެވެ.

ޒިނޭ ކޮށްފައިވާތީ 100 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން، 1 އަހަރަށް ގޭގައި ބަންދު ކުރުމަށް ވެސް ޝާއިރާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ދަރިފުޅު މަރާލާފަ އެއްލާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ 1 އަހަރަށް ޝާއިރާ ޖަލަށް ލުމަށެވެ. ދަރިފުޅާ މެދު އިހުމާލުވެފައި ވާތީ އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ ދަޢުވާއެއް ސާބިތުވެފައި ވެއެވެ. އެ މައްސަލައިގައި ޝާޢިރާގެ މައްޗަށް ޙުކުމްކޮށްފައިވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މީގެ އިތުރުން ކ. ގުރައިދޫ ހީނާމާގޭ، މަރިޔަމް ރިޒްނާގެ މައްޗަށްވަނީ ޝާއިރާ ވިއްސުމުގައި ބައިވެރިވެ، ތުއްތު ކުއްޖާ ކޯސްޓް ދަޅަކަށްލުމަށްފަހު އެއްލާލުމުގައި ބައިވެރިވެފައިވާކަން ސާބިތުވެފައިވާތީ 6 މަސްދުވަހަށް  ޖަލަށްލުމަށް ޙުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ވެސް ޙުކުމްކޮށްފައި ވަނީ ޤާނޫނޫލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް، ޝާޢިރާގެ ދަރިފުޅު ވައްޓާލުމަށް ބޭސް ދިން ކަމަށް ޕީޖީ އިން ދަޢުވާ ކުރި، ކ. ހުރާ ސަކީނާމަންޒިލް، ފާތުމަތު އާނިޔާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ޝާއިރާ ވިހެއި ދަރިފުޅު މަރާލުމަށްފަހު ކޯސްޓްދަޅަކަށް ލައިފައި އެއްލާލާފައި އޮއްވާ ވިލިމާލެ ވަލުތެރެއިން ފެނިފައިވަނީ 2011 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ.

ޓެގް

ކްރިމިނަލް ކޯޓް ހައްދު ހައްދު ޖެހުން ޒިނޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.