ދިއިސްލާމް ޢަރަބިއިސްލާމީ ތަޢުލީމުން މަޙުރޫމުވެފައިވާ 200 އަށްވުރެ ގިނަ ބެލެނިވެރިންގެ މަންދޫބުންނާއި ޖ.ސަލަފުން ބައްދަލުކޮށްފި

ޢަރަބިއިސްލާމީ ތަޢުލީމުން މަޙުރޫމުވެފައިވާ 200 އަށްވުރެ ގިނަ ބެލެނިވެރިންގެ މަންދޫބުންނާއި ޖ.ސަލަފުން ބައްދަލުކޮށްފި

ޢަރަބިއިސްލާމީ ތަޢުލީމުން މަޙުރޫމުވެފައިވާ 200 އަށްވުރެ ގިނަ ބެލެނިވެރިންގެ މަންދޫބުންނާއި ޖ.ސަލަފުން ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޢަރަބިއިސްލާމީ ތަޢުލީމުން މަޙުރޫމުވެފައިވާ 200 އަށްވުރެގިނަ ބެލެނިވެރިންގެމަންދޫބުންނާއި ޖަމްޢިއްޔަތުއްސަލަފުން ބައްދަލުކޮށްފިކަމަށް އެޖަމިއްުޔާއިން ހާމަކޮށްފިއެވެ.

 

ޖަމްޢިއްޔަތުް ސަލަފުން ހާމަކުރައްވާގޮތުގައި، 'މިބައްދަލުވުމުގައި ބެލެނިވެރިންގެ ޝުޢޫރުތައްފާޅުކޮށް އެބޭފުޅުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި އެމަސައްކަތްތަކުގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމާއި އަދި ކުރިމަތިވެފައިވާ ދަތިތަކާއިބެހޭގޮތުން ޖަމްޢިއްޔާއަށް މަޢުލޫމާތު ޙިއްސާކުރިކަމަށާއި ތަޢުލީމީ ވުޒާރާގެ މިނިސްޓަރު އެމަންދޫބުންނާއި ބައްދަލުކުރުމަށް ތަކުރާރުކޮށް ޢުޛުރުވެވަޑައިގަންނަވަމުންދާކަން ހިތާމަޔާއެކު ފާހަގަކުރި.' ކަމަށެވެ. އަދި މީގެ އިތުރުން، "މިބައްދަލުވުމުގައި، ޖަމްޢިއްޔަތުއްސަލަފުގެފަރާތުން އިސްނަގައިގެން ޢަރަބި ތަޢުލީމުން މަޙުރޫމުވެފައިވާ ދިވެހިދަރީންނަށް އެފުރުޞަޠު ހޯދައި ދިނުންއެދި މަސައްކަތްތަކެއް ކޮށްދިނުމަށް ބެލެނިވެރިންގެ މަންދޫބުންވަނީ އެދިލައްވާފައިކަމަށް ޚަބަރު ލިބެއެވެ.

 

ހޯމަދުވަހު ބޭއްވުނު މިބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް އާއި އަދި ނާއިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ބައިވެރިވެވަޑައިގަތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.