ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއެއް ނެރުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ނައިބު އައްޝައިޚް މުޙައްމަދު ފާރޫޤު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމެވީ މިގުޅޭގޮތުން އެމިނިސްޓްރީގައި ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށެވެ. ނަމަވެސް މުޅިން އާ ތަރުޖަމާއެއް އެކުލަވާލާނީތޯ ނުވަތަ މިހާރު އޮތް ތަރުޖަމާގެ ގްރުއާނުގެ ބައިގައި ހުރި މައްސަލަތައް ރަނގަޅުކުރާނީތޯ ނިންމިފައިނުވާ ކަމަށް ފާރޫޤު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ނެރުއްވި ޤުރުއާނުގެ ތަރުޖަމާގައި ކުށްތައް ހުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިންވަނި ކުށްތައް ފިލުވައި އިސްލާހުކުރުމުގެ މަސައްކަތްފަށާފައެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ މިކަން ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...