ރާއްޖޭގެ ޚަބަރު ރަނގަޅު ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ

ރަނގަޅު ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޢާންމުންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް  ނައިބް ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، 25 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމަށް، ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވިގޮތުގައި 'ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ނެރުއްވުމަކީ، ވަރަށްބުރަ އަދި ވަރަށްބޮޑު މަސައްކަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި މި ކުރީގެ ސަރުކާރުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި، ނުކުތާގެ މައްސަލަތަކެއް ޖެހިފައިވުމާއެކު، މި މައްސަލައަށް ޙައްލެއް ހޯއްދަވައި ޤުރްއާނުގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޢާންމުންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ' މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކަމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލެއްވުން ހޯއްދަވައިގެން، މިމަސައްކަތް ވެވަޑައިގެންހާ އަވަހަކަށް ކުރިއަށް ގެންދެވުމަށް' ނައިބް ރައީސް ގޮވާލެއްވިއެވެ.

ރާއްޖެ އިސްލާމްވިތާ އެތައް ސަތޭކަ އަހަރުވީއިރު ރާއްޖޭގައި އިތުބާރު ހިފޭ ޤުރުއާނުގެ ތަރުޖަމާއެއް ލިބެން ނެތުމަކީ ދީނީ ކަންކަން އޮޅުން ފިލުވުމުގައި ދިވެހިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ޓެގް

ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.