ރާއްޖޭގެ ޚަބަރު ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއިބެހޭ ޢާއްމު ޤަވާޢިދަށް ޢަމަލުކުރެވޭނެގޮތް ހައްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއިބެހޭ ޢާއްމު ޤަވާޢިދަށް ޢަމަލުކުރެވޭނެގޮތް ހައްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއިބެހޭ ޢާއްމު ޤަވާޢިދަށް ވީ އެންމެ އަވަހަކަށް ޢަމަލުކުރެވޭނެގޮތް ހައްދަވައިދެއްވުމަށް ކަމާއިގުޅޭ ހުރިހާ ފަރާތްތަކަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ގޮވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ 'މި ޤަވާޢިދަށް ޢަމަލުނުކުރެވި ލަސްވަމުންދިޔުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށާއި ރާއްޖޭގައި މިހާރު އުފެދެމުންދާ ދީނީ ޚިޔާލު ތަފާތުވުންތައް ކޮންޓްރޯލްކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި، މި ޤަވާޢިދުގެ ދަށުން މިކަން ކޮންޓްރޯލްކުރެވޭނެ އުޞޫލުތައް ހަމަޖެހިގެންދާނެ'ކަމަށެވެ.

މޯލްޑިވްސް ޕޮލިސްސަރވިސް އާއި ބަންޑާރަނައިބުގެ އޮފީހާއި ގުޅިގެން އެކުލަވާލައިފައިވާ މިޤަވާޢިދު ގެޒެޓްގައި ޝާޢީކުރަން ފޮނުވުމާއި ގުޅިގެން ރައިސް އޮފީހުންވަނީ މިޤަވާޢިދުގައި ޕޮލިސީ މައްސަލަތަކެއް ހުރިކަމަށްބުނެ ޤަވަޢިދު އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް މިޤަވާޢިދު ވަނީ ރައިސް އޮފީހުގެ ލީގަލް ކޮމިޓީންވަނީވެސް ބައްލަވާފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.