ސަމްސަންގް އާއި ގޫގުލް ގުޅިގެން ބޭއްވި "ކޯލިން އޯލް ޕޮސިބިލިޓީސް" ގެލެކްސީ ނެކްސަސް އާއި އެންޑްރިއިޑް 4.0 އޮފިސިއަލީ ދައްކާލައިފިއެވެ. ހޮންގް ކޮންގް ގައި މިއަދު ބޭއްވި ޕްރިވިއު ބައްދަލުވުމުގައި ސަމްސަންގް ގެލްސީ ނެކްސަސްއާއި ބެހޭ މަޢުލޫމާތާއި އެންޑްރޮއިޑްގެ އައިސްކްރީމް ސޭންޑްވިޗް 4.0 އާއި ބެހޭ މަޢުލޫމާތު ދީފައިވެއެވެ.
އައިސްކުރީމް ސޭންޑްވިޗް (އައިސީއެސް)
އައިސްކުރީމް ސޭންޑްވިޗް އަޑުއަހާލާއިރު ވަރަށް މީރުވާނެހެން ހީވެއެވެ. އެހެނަސް މިއީ ކެއުމަށް ބޭނުންކުރާ ސޭންޑްވިޗްއެއް ނޫނެވެ. މިފަހަރު މިއީ އެންޑްރޮއިޑް އޯއެސްއެކެވެ. ފުރޮޔޯއަށް ފަހު ޖިންޖާބްރެޑްއެވެ. ޖިންޖާބްރެޑްއާއި އަނީކޮމްއަށްފަހު މިފަހަރު އައިސްކުރީމް ސޭންޑްވިޗްއެވެ. ފަހުގެ ހައިއެންޑް އެންޑްރޮއިޑް ފޯނެއް ގެންގުޅޭނަމަ އަވަހަށް އަޕްޑޭޓް ކުރުމަށް ތައްޔާރުވާށެވެ. 720*1280 ޕިކްސެލް (16:9 ރޭށިއޯ) އަށް ރެޒުލޫޝަން ތަރައްޤީކޮއްފައިވަނީ އެޗްޑީ ޕޯނުތަކަށެވެ. ހަޤީޤީ އެޗްޑީ އަށެވެ. މިއޯއެސް ޓެބްލެޓްތަކަށް އަންނާނެކަމަށް ދިރާސާކުރާފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އައިސްކުރީމް ސޭންޑްވިޗް (އައިސީއެސް)އަށް ބަލާލާއިރު އެންޑްރޮއިޑް އަށް މުޅިންއާ ވައްޓަފާޅިއެއް ގެނުވައިފިއެވެ. ބަލާލަން ޗާލު ބޮލަށް ފަސޭހައިރު އެންޑްރޮއިޑްކަން އިތުރަށް އިޙްސާސްކުރެވެއެވެ. މިކަން ފާހަގަ ކުރެވޭނީ އެންޑްރޮއިޑް ފޯނު ގެންގުޅެފައިވާ ފަރާތްތަކަށެވެ. ކުރީގެ އެންޑްރޮއިޑްތަކުގައި ބޭނުންކުރަމުން އަންނަ ހާރޑްވެއަރ ބަޓަންތަކަށް މިފަހަރު ބަރޯސާވާކަށް ނުޖެހެވެ.
ނޯޓިފިކޭޝަން އާއި މަލްޓިޓާރސްކިން ވަނީ ވަރަށްބޮޑުތަން ތަރައްޤީކޮއްފައެވެ. އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް 5 ގައި އެނޑްރޮއިޑުން ބޭނުން ކުރާގޮތަށް ނޯޓިފިކޭޝަން ވަނީ ހިމަނާފައެވެ. އެހެނަސް މިފަހަރު އެންޑްރޮއިޑް އިން ކުރިން ބޭނުން ކުރަމުން އައި ނޯޓިފިކޭޝަން ތާރީހަށްޓަކައި ދޫކޮއްލައިފިއެވެ. މިހާރު މާފަސޭހަވެފައި ސަޅިއެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ އެޕްކިކޭޝަން އެއް ނިއްވާލަން ބޭނުންވާނަމަ އަރިއަކަށް ކަހާލުމުން އެޕްލިކޭޝަން މަރާލައެވެ. ނޯޓިފިކޭޝަންވެސް ހަމަ މިގޮތަށެވެ. އަރިއަކަށް ކަހާލުމުން ނުފެންނާނެވެ.
އެނޑްރޮއިޑް ސިސްޓަމް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ފޯނުގެ ވެރިއާއަށް ދީފައިވެއެވެ. މިސާލަކަށް ބަލާނަމަ އެނޑްރޮއިޑްގައި ބޭނުން ކުރާ ވެބް ބުރައުޒަރ ހިއްޕުޅާނުވާނަމަ ފޮހެލާފަ އަލުން އެހެން ބުރައުޒަރ އެއް އަޅާލަންވީއެވެ. މިސާލަކަށް އޮޕޭރާއެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ އެޕްލިކޭޝަންއަށް ބޭނުން ކުރާ ޑޭޓަރ ހަމަޖައްސާލެވެ. އެގޮތުން އެކަންވެސް ވަކި މިނެއްގައި ބެލެހެއްޓެއެވެ. ނެޓްވޯރކް ޔޫޒޭޖް އާއި ބެޓެރީ ޔޫޒޭޖް ވެސް ހަމަ މިގޮތަށެވެ. ހައްދުން ނައްޓައިފި ނަމަ އެލާމް އަޅާ އަންގާލާނެއެވެ. މިއީ މިއާއޯއެސްއަށް ގެނެސްފައިވާ ފުރިހަމަ ބަދަލެކެވެ.
އައިސްކުރީމް ސޭންޑްވިޗްގައި ބިލްޑް އިން ޙިދުމަތެއްގެ ގޮތުގައި "ނިޔާ ފީލްޑް ކޮމިއުނިކޭޝަން" ( (NFCރޭޑިއޯއެވެ. އެންއެފްސީ ބޭސްޑް ޓެކްނޮލޮޖީއިން ވަރަށް އަވަހަށް ވެބްޕޭޖް، އެޕްލިކޭޝަން، ޔޫޓިއުބްވީޑިއޯ ޝެޔާކޮއްލެވެއެވެ. ދެފޯނުން އެއްފަހަރާ ގާތްކޮއްލުމަށްފަހު ވަކި ފިތަކަށް ފިތާލުމުން ޝެޔާވީއެވެ. މި ޙިދުމަތަށް ކިޔަނީ "އެނޑްރޮއިޑް ބީމް" އެވެ. މިފީޗާގެ ސަބަބުން ގޫގުލްވޮލެޓް ފަދަ އެޕްލިކޭޝަން ތަކަށް އިތުރަށް ފަސޭހަ ވެގެން ދާނެއެވެ. މިފީޗާއިން ޑިވެލޮޕަރުން މޮޅެތި ޖާދޫތަށް ދައްކާލާނެކަން ޔަޤީނެވެ.
މިފަހަރު އައިސްކުރީމް ސޭންޑްވިޗްއިން މުޅިން އަލަށް "ފޭސް އަންލޮކް" ތައާރަފް ކޮއްދީފިއެވެ. ފޭސިއަލް ރެކޮގްނައިޒޭޝަން ޕްރޮޓޮކޯލް ބޭނުންކޮއްގެން މޮބައިލް ފޯނު އަންލޮކް ކުރެވޭނެއެވެ. ވީޑިއޯކޯލް ކުރުމަށް ބޭނުންކުރާ ކެމެރާއިން އަންލޮކް ކުރެވޭއިރު ކިހާ ސަޅިވެފައި ކޫލް ހެއްޔެވެ. ވަގަށް ނަގައިގެންވެސް ފަސޭހަ ރަހުމަތެއްގައި ބޭނުމެއް ނުކުރެވޭނެއެވެ. މޫނާދިމާކޮއްލީ އަންލޮކް ވީއެވެ.
މުޅިއޯއެސްއަށް ބަލާއިރު ފާހަގަ ކޮއްލެވެނީ ވަރަށް ގިނަ ކަންކަން ތަރައްޤީކޮއްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސްކުރީން ކެޕްޗާރ ކުރާ އެޕްލިކޭޝަންއެއް އޯއެސްގައި ހިމަނާފައިވެއެވެ. ކެމެރާއަށްބަލާއިރު ވީޑިއޯ ކުރަމުން ފޮޓޯ ނަގަމުން ވީޑިއޯ ޒޫމްވެސްކުރެވޭނެއެވެ.
ކީބޯޑްއާއި ފޮންޓް، އަދި ސްޕެލް ޗެކްވަނީ ފައްކާ ކޮއްފައެވެ. އައިއޯއެސްގައި ސިރީ އާއި ވާދަކޮއްލުމަށް ވޮއިސް ރިކްގްނައިޒޭޝަން ވެސް ވަނީ ސަޅިކޮއްލާފައެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ބުނެއެވެ. "އެކްސްޕުލޯރ ވިތް ޓަޗް" މިފީޗާއިން ނެވިގޭޓަން ބަޓަންތަކަށް ފިތުމުން ވަކި އަޑުތަކެއް އިވޭނެއެވެ. މިއަޑުތަކަށް އަހައިގެން ނެވިގޭޓްކުރެވޭއިރު ވެބްޕޭޖްތަށްވެސް ކިޔާދެއެވެ.
ސަމްސަންގް ގެލްކްސީ ނެކްސަސް
ސަމްސަންގް ގެލްކްސީ ނެކްސަސްއަށް ބަލާލާއިރު އެންމެ ފާހަގަ ކުރެވެނީ އެޗްޑީ ސުޕަރ އެމޮލިޑް 4.65 އިންޗް ޑިސްޕްލޭ (720 * 1،280 ޕިކްސެލް) އެވެ. 1.2 GHz ޑުއަލްކޯރ ޕްރޮސެސަރ އެކެވެ. ފަހަތުގައި 5 މެގަޕިކްސެލް ކެމެރާއިން 1080 ޕީ30 ވީޑިއޯ ރެކޯރޑް ކުރެވެއެވެ. ނިއުފެނގްލްޑް ޕެނެރޯމާ ވީޑިއޯ ރެކޯޑްކޮއްބަލާލެވޭއިރު ފްލެސް ލައިޓް ފަހަތުގައި އެއްވެއެވެ. ވީޑިއޯ ކޯލްކުރުމަށް 1.3 މެގަޕިކްސެލް ކެމެރާހިމަނާފައިވެއެވެ. 3.5 އެމްއެމް ހެޑްފޯން ޖެކުބޭނުން ކުރެވޭއިރު ޔޫއެސްބީ 2.0 ޖެހޭގޮތަށް ހުރެއެވެ. ކޮންޕަސް، އެންއެފްސީ މޮޑިއުލް ވައިފައި، ބުލޫޓޫތް 3.0 އެކްސެލެރޯމީޓަރގެ އިތުރުން ޕްރޮކްސިމިޓީ ސެންސަރ ހިމަނާފައި ހުރެއެވެ. ރެމްގައި 1 ޖީބީ އެވެ. އިންޓާރނަލް ސްޓޯރޭޖްގައި 16 ނޫނީ 32 ޖީބީއެވެ. 1,750mAh ބެޓެރީގައި ހުރެއެވެ. އެންޑްރޮއިޑް 4.0 ނުވަތަ އައިސްކުރީމް ސޭންޑްވިޗް ރަންކުރާ ފުރަތަމަ ސްމާރޓް ފޯނަކީ މިއީއެވެ. މިފޯނު ނޮވެމްބަރ މަހުގެ ކުރީ ކޮޅު ނެރޭނެއެވެ.
ފޭސިއަލް ރެކޮގްނައިޒޭޝަން ޕްރޮޓޮކޯލް ބޭނުންކޮއްގެން މޮބައިލް ފޯނު އަންލޮކް ވީޑިއޯ
،ފޮޓޯ، ވީޑިއޯ ޕްރިވިއު: އެންގެޖެޓް.ކޮމްhttp://www.engadget.com

ކޮމެންޓް (0)
ލޯޑް ކުރަމުން...