ދިއިސްލާމް ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް ރީލޯންޗު ކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް ރީލޯންޗު ކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް ރީލޯންޗު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފްގެ އާ ވެބްސައިޓުގެ ސްކްރީންޝޮޓެއް

ރާއްޖޭގައި ދީނީ އަދި އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާގޮތެއްގައި މަސައްކަތްކުރަމުންދާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް މިއަދު ރީލޯންޗު ކޮށްފި އެވެ.

މި ސައިޓުގެ ޑޯމެއިން ބަދަލުކޮށްފައިވުމުގެ އިތުރުން ސައިޓުގެ ފަރުމާ ވެސް ވަނީ އާ ކޮށްފަ އެވެ. އަދި ސައިޓުގައި ހިމެނޭ ބައިތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

ސަލަފުން ހާމަކުރާ ގޮތުގައި މި ގެނެވުނު ބަދަލާއެކު އާ ވެބްސައިޓުން ޖަމްޢިއްޔާ އިން ހިންގާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތާއި، އެހެނިހެން ތަފާތު މަޢުލޫމާތުތައް ތާޒާވަމުން ދާނެއެވެ. އަދި ވެބްސައިޓަށް ކިޔުންތެރިންގެ ޚިޔާލު ފޮނުވޭނެ ކަމަށް ވެސް ސަލަފުން ބުނެއެވެ.

މި ވެބްސައިޓްގައި މިހާރު ހިމެނޭ ބައިތަގުގެ ތެރޭގައި ޚަބަރު، ސިޓީ، ޙަރަކާތްތައް، ވީޑިއޯ، އޯޑިއޯ، ބަޔާން، އިޢުލާން، ލިޔުން، މީޑިއާތަކުން ސަލަފް، ޕްރޮގްރާމް ޗާޓް އަދި އަދި މުރާސިލް ހިމެނެއެވެ.

ސަލަފްގެ އާ ވެބްސައިޓުގެ އެޑްރެހަކީ www.salaf.mv އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.