ރާއްޖޭގެ ޚަބަރު

4 ޖަމާޢަތެއްގެ ޙައްޖުވެރިން މައްކާއަށް އަތުވެއްޖެ

މައްކާއިން ޝަފީޢު ޢަބްދުﷲ

16 އޮކްޓޫބަރ 2011 ވަނަ ދުވަހުގެ ރޭ 4 ޖަމާއަތެއްގެ ޙައްޖުވެރިން މައްކާއަށް އަތުވެއްޖެއެވެ. މިފަހަރު މައްކާއަށް އައިސްފައިވަނީ ޒަޢީމާ ޖަމާޢަތުގެ 165 ޙައްޖުވެރިއަކާއި، ޔޫއެސް ޖަމާޢަތުގެ 95 ޙައްޖުވެރިއަކާއި، އަލްމަނާސިކުގެ 86 ޙައްޖުވެރިއަކާއި އަދި ސިސިލްފަރުގެ 39 ޙައްޖުވެރިންނެވެ.

ދިވެހި ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރު ޙަސަން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓް އޮންނާނީ މި މަހުގެ 19 ގައި ކަމަށެވެ.

 މައްކާގައި ތިބި ދިވެހި ޙައްޖު ޖަމާޢަތްތަކުން މިހާރު ދަނީ މަދީނާ އަށް ޒިޔާރަތް ކުރުމުގެ ކަންތައް ހަމަޖައްސަމުންނެވެ. އެގޮތުން އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން މިހާރު ތިބީ މަދީނާގައެވެ. އަދި ސިސިލްފަރު ޖަމާޢަތުން މިއަދު މަދީނާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު އެ ޖަމާޢަތުގެ ފަރާތުން މި ނޫހަށް ވަނީ ލިބިފައިވެއެވެ. ޙައްޖުގެ ކުރިން ހުރިހައި ޖަމާޢަތެއްގެ ޙައްޖުވެރިންވެސް މަދީނާއަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަދީނާއަށް ކުރާ ޒިޔާރަތުގައި މަދީނާގެ މުހިންމު ތަންތަން ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މަސްޖިދުއްނަބަވީގެ އިތުރުން ޤުބާ މިސްކިތާއި އުޙުދު ހަނގުރާމަ ހިނގައި ދިޔަ ސަރަހައްދު ބަލައިލަން ދިއުމަށް ވަނީ ހަމަޖެހިފައެވެ. މަދީނާއަށް ދިވެހި ޙައްޖުވެރިން ކުރާ ޒިޔާރަތުގައި މަދީނާ ޔުނިވަރސިޓީގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ އެހީތެރިކަމާއި އެއްބާރުލުން ޙައްޖުވެރިންނަށް ލިބިގެންދާނެ ކަމަށް އެ ކުދިންގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވި ދަރިވަރަކު ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *