
ފޮޓޯ: އިބްރާހިމް އަޝްވާގު
އދ. ގެ ސުލްޙަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިކަމާ ގުޅޭ ރިޕޯޓް ހުށަހަޅުއްވަމުން ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ވިދާޅުވީ ދިވެހި ސިފައިން އދ. ގެ ސުލްޙަ ބަލަހައްޓާ ފައުޖުގައި ބައިވެރިކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ސޮއިކުރަންޖެހޭ އެމްއޯޔޫގައި ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ސޮއި ކުރުމަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް އެ މައްސަލަ ދިރާސާ ކުރެއްވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި ކަމަށެވެ.
އެހެންކަމުން އެވަގުތު ޖަލްސާއަށް ޙާޟިރުވެ ވަޑައިގެން ތިއްބެވި 73 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެން ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓާ އެއްގޮތަށް އެއްބަސް ވުމުގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރަން ނުފެންނަކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެންބަރުން ތިއްބެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...