ދިއިސްލާމް ޑރ. މަޖީދަކީ އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވުމަށް މި ވަޤުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް އެއް ބޭފުޅާ: ރީކޯ މޫސަ

ޑރ. މަޖީދަކީ އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވުމަށް މި ވަޤުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް އެއް ބޭފުޅާ: ރީކޯ މޫސަ

ޑރ. މަޖީދަކީ އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވުމަށް މި ވަޤުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް އެއް ބޭފުޅާ: ރީކޯ މޫސަ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ އިސްލާމިކް އެފެއާޒް މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވުމަށް މި ވަޤުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް އެއް ބޭފުޅާ ކަމުގައި އެމްޑީޕީން ދެކޭ ކަމުގައި އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައިވާ ޚަބަރެއްގައި މޫސާ މަނިކާއި ޙަވާލާދީ ރޭ ބުނެފައިވަނީ ޑރ. މަޖީދު އިސްލާމިކް މިނިސްޓަރުކަން މީގެ ކުރިން ކުރައްވާފައިވަނީ ވެސް ވަރަށް ފަރުވާތެރިކަމާ ތެދުވެރިކަމާއެކު، ގައުމީ މަސްލަޙަތަށް އިސްކަން ދެއްވައިގެން ކަން ފާހަގަކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އިޚްލާސްތެރި ޚިދުމަތް ކުރިއެކޭ ވެސް އެއް ފަދައިން ނުވަތަ އެއަށްވުރެވެސް ފުޅާ ދާއިރާއެއްގައި، މިގައުމަށް ލިބިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމުގައި މޫސަ ވިދާޅުވި ކަމަށެވެ.

"މިއަދު" ނޫހަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓްރީ މުޙައްމަދު ޒުހައިރު އިއްޔެ ވިދާޅުވެފައި ވަނީ ޑރ. މަޖީދު އަލުން އިސްލާމިކް މިނިސްޓަރު ކަމާއި ޙަވާލުވުމުން ފެނިގެން ދިއައީ އިސްލާމްދީނަށް ޚިދުމަތް ކުރެއްވެވުމަށް ޑރ. މަޖީދު ދެއްވަވާ އަހައްމިއްޔަތުކަމުގެ ބޮޑުކަން ކަމަށެވެ.

މިމަހު 3 ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު، ޑރ. މަޖީދު ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވި ސަބަބަކީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އެދުވަހު ޑރ. މަޖީދު "ދިއިސްލާމް" އަށް ވިދާޅުވީ މިނިސްޓަރު ކަމުގެ މަޤާމްގައި ހުންނެވި ދުވަސްތަކުގައި ރައްޔިތުންނަށް ފޯރުކޮށްދެވުނު ޚިދުމަތްތަކާމެދު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ.

ޑރ. މަޖީދު ވިދާޅުވި ގޮތުގައި، އަލުން މިނިސްޓަރު ކަމާއި އިއްޔެ ޙަވާލުވީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމަށް ޚިދުމަތް ކުރެއްވުމުގެ ބޭނުމުގަ އެވެ. ޢަދާލަތު ޕާޓީން ބުނެފައި ވަނީ ޑރ. މަޖީދު އަލުން މިނިސްޓަރުކަމާއި ޙަވާލުވުމަކީ އެ ޕާޓީގެ ނިންމުމަށް އިޙްތިރާމް ނުކުރެއްވުން ކަމަށެވެ.

ޓެގް

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.