ރާއްޖޭގެ ޚަބަރު ދަކޯލް 2010-ލިވް- އިސްލާމްގެ އިވެންޓްތައް ލައިވްކުރާނީ ވީޓީ، ރޭޑިއޯ އެޓޯލް އަދި އާރްއޯއެލް އިން – ސަލަފް

ދަކޯލް 2010-ލިވް- އިސްލާމްގެ އިވެންޓްތައް ލައިވްކުރާނީ ވީޓީ، ރޭޑިއޯ އެޓޯލް އަދި އާރްއޯއެލް އިން – ސަލަފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދަކޯލް  2010-ލިވް- އިސްލާމްގެ އިވެންޓްތައް ލައިވްކޮށް ޓެލެކާސްޓް ކުރާނީ ވީޓީ، ރޭޑިއޯ ކާސްޓް ކުރާނީ ރޭޑިއޯ އެޓޯލް އަދި ވެބްކާސްޓް ކުރާނީ އާރްއޯއެލް އިން ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކުރައްވާގޮތުގައި މިމަހު 3 – 6 އަށް މާލޭގައި ބޭއްވޭ މިބޮޑު އިވެންޓްގެ ދަރުސްތައް ބާއްވަނީ އަލިމަސް ކާރނިވަލާއި އަދި ތާޖުއްދީން ސްކޫލްގެ ޖަލްސާކުރާ ހޯލާއި  ދަރުބާރުގޭ ހޯލުގައެވެ. އިނގިރޭސިބަހުން ދެއްވާ މި ހުރިހާ ލެކްޗަރ ތައް ދެއްވާނީ ކެނެޑާގެ މަޝްހޫރު ދާޢީ ޑރ. އަބޫ އަމީނާ ބިލާލް ޕިލިޕްސްއާއި އިނގިރޭސިވިލާތުގެ މަޝްހޫރު ދާޢީ އަބްދުއްރަޙީމް ގްރީންއެވެ. އަދި މިހުރިހާ އިވެންޓެއްވެސް ވަގުތުން ދުނިޔޭގެ ކޮންމެ ހިސާބަކުން ބައިވެރިވެވޭނެއެވެ.

މުޅިއެކު 7 ދަރުސްގެ މައްޗަށް އެކުލެވިގެންވާ ދަކޯލް  2010-ލިވް- އިސްލާމް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އިވެންޓްކަމުގައެވެ.

ޓެގް

ދަރުސް ވީޑިއޯ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.