ޑރ. ޒާކިރު ނައިކް ރާއްޖެއިން ފުރާވަޑައިގެންނެވިތާ 24 ގަޑިއިރު ނުވަނީސް ޖަމްޢިއްޔަތުއް ސަލަފުން އިންތިޒާމްކުރާ 'ދަ ކޯލް 2010' ގައި ތަޤުރީރު ކުރުމަށް ޖަމްޢިއްޔަތުއް ސަލަފްގެ ޚާއްޞަ ދަޢުވަތަކަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ދާޢީ އަބުދުރަހީމް ގްރީން މާލެ ވަޑައިގަންނަވައިފިއެވެ.
މިއަދު ހެނދުނު 8:30 ހާއިރު އެމިރޭޓްސް ފުލައިޓުން ރާއްޖެވަޑައިގެންނެވިއިރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު ފާއިޒުއާއި ޖަމްޢިއްޔަތުއް ސަލަފްގެ ރައިސް ޝައިޚް އަބުދުﷲ ބިން މުޙައްމަދު އިބުރާހިމްއާއި އެޖަމްޢިއްޔާގެ އިސްވެރިންނެވެ.
އަބުދުރަހީމް ގްރީން މާލެ ވަޑައިގެންނެވިއިރު، މާދަމާގެ ވަގުތެއްގައި، 'ދަ ކޯލް 2010' ގައި ތަޤުރީރު ކުރަންހަމަޖެހިފައިވާ އަނެއް ދާޢި ކެނަޑާގެ ޑރ. ބިލާލް ޕިލިޕްސް މާލެވަޑައިގަންނަވަނެކަމަށް ޖަމްޢިއްޔަތުއް ސަލަފުން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...