ރާއްޖޭގެ ޚަބަރު އިސްލާމްދީނުގެ ޢިލްމު ފެތުރުމުގެ ގޮތުން ބާއްވާ 'ދަކޯލް' ފަދަ އިވެންޓްތަކަށް ހޭދަކުރުމަށް ވިޔަފާރިވެރިންނަށް ޢަދާލަތުން ގޮވާލައިފި

އިސްލާމްދީނުގެ ޢިލްމު ފެތުރުމުގެ ގޮތުން ބާއްވާ 'ދަކޯލް' ފަދަ އިވެންޓްތަކަށް ހޭދަކުރުމަށް ވިޔަފާރިވެރިންނަށް ޢަދާލަތުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ދީނުގެ ޢިލްމުފެތުރުމުގެ ގޮތުންބާއްވާ ދަކޯލްފަދަ އިވެންޓްތަކަށް ހޭދަކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލައިފިއެވެ. ޢަދާލަތު ޕާޓީގެ ފަރާތުން މިގޮތައް ގޮވާލައިފައިވަނީ އެޕާޓީގެ ރަސްމީ ވެބްސައިޓްގައި ޝާޢީކޮށްފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި ހާމަކޮށްފައިވަނީ ' ދަކޯލް  2010 ' އަކަށް ދިވެހި ވިޔަފާރިވެރިންގެ ތެރެއިން ދީނަށް ލޯބިކުރައްވާ ވަރަށްގިނަ ވިޔަފާރިވެރިންތަކެއްގެންދަވަނީ ދީލަތިގޮތެއްގައި އެހީތެރިކަން ދެއްވަމުންކަމަށާއި ނަމަވެސް މިދެންނެވި އެހީތައް ހުއްޓުވުމަށްޓަކައި މިނިވަން ނިއުސްގެ ފަރާތުން ޚާއްސަ ކެމްޕެއިނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށް ފާހަގަކުރެވިފައިކަމަށާއި، އެގޮތުން މިކެމްޕެއިންގައި އެންމެފުރަތަމަ ޓާގެޓް ކޮށްފައިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށްކަމަށާއި، އެގޮތުން ސޮނީ ސްޕޯޓްސްގެ ފަރާތުން އެހީނުދިނުމަށްގޮވާލާ ޕެޓިޝަން ސިޓީއެއް ތައްޔާރުކޮށް މިނިވަން ނިއުސްގައި ޝާއިޢުކޮށްފައިކަމަށް ޢަދާލަތު ޕާޓީގެ ފަރާތުން ހާމަކުރައްވައެވެ.

ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން މިމަހު ބޭއްވުމަށް ތައްޔާރުވަމުންގެދާ ދަކޯލް (ދީނީ ދަރުސް) ޕްރޮގްރާމް ހިންގިޔަ ނުދިނުމަށް މިނިވަން ނިއުސްއިން ޚާއްސަ ކެމްޕެއިނެއް ފަށައިފިކަމަށް ދޭހަވާ ކަންތައްތަކެއް އެ ވެބްސައިޓުގެ ފަރާތުން ކުރަމުން އެބަގެންދާކަމަށެވެ. އަދި މިނިވަން ނިއުސްގެ ތެރެއިން އުފެދިފައިވާ ރެހެންދި ޖަމާޢަތަކީ ޤައުމުގައި އަންހެން "ރަނޑުވަންތަކަން" ދިރުވުމާއި އަންހެނުންގެ މެދުގައި އެއްޖިންސުން ގުޅުންހިންގުމަށް ގޮވާލާ ޖަމާޢަތެއްކަމަށެވެ. އަދި މިނިވަން ނޫހުގެ މިޢަމަލުތައް ކުށްވެރި ކުރާކަމަށް ހާމަކުރައްވާފައިވެއެވެ.

މިނިވަން ނޫހަކީ މީގެ ކުރީންވެސް ތަފާތު އެތައް ފަހަރެއްގެ މަތީން އިސްލާމްދީނުގެޝިޢާރުތަަކަށް ފާޅުގައި ފުރައްސާރަކުރުމުގެ ޙަރަކާތްތައް ހިންގާފައިވާ މިވެބްސައިޓް ބަންދުކުރުމަށްވެސް އިސްލާމްދީނަށް ލޯބިކުރާ ވަރަށްގިނަ ފަރާތްތަކަކުންވަނީ ގޮވާލާފައިކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

މިދުވަސްވަރަކީ ޢަދާލަތު ޕާޓީއާއި ޖަމްޢިއްޔަތުއް ސަލަފާއި މެދު ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައެވެ. މިގުޅުމުގެ ނަތީޖާ މުޖުތަމަޢިންދަނީ ފެންނަމުންނެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.