
ސްޓީވް ޖޮބްސް
ސްޓީވް ޖޮބްސް މަރުވެއްޖެއެވެ.
މަޝްހޫރު އެޕަލް ކުންފުނީގެ އެއް ތަނބުކަމުގައިވާ ސްޓީވް ޖޮބްސްވަނީ ޓެކްނޮލޮޖީއަށް އެތައް އިންގިލާބެއް ގެނުވާފައިވާފައެވެ. 56 އަހަރގުގައި ސްޓީވް ޖޮބްސް މަރުވެފައިވަނީ ވަރަށް ގިނަ ދުވަސްތަކެއްގައި ބަލިވެ އުޅުމަށްފަހުގައެވެ. ސްޓީވް ޖޮބްސް މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮންކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާއަށް ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވަނީ 2004 އިން ފެށިގެންނެވެ. އެގޮތުން ބަލިހާލު ހުރިގޮތުން އެޕަލްއިން ވަނީ ވަކިވެފައެވެ. އޭގެ ކުރިން 2009 ވަނަ އަހަރު އޭނާ ވަނީ ލިވަ ޓްރާންސްޕްލާންޓް ވެސް ހަދާފައެވެ.
އެޕަލްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެކުންފުނީގެ މޫނު ގެއްލުނީ ކަމުގައެވެ. 1955 ވަނަ އަހަރު ގައި އުފަންވި ޖޮބްސް އެޕަލް ކުންފުނި އުފެއްދުމުގެ އެއް ބައިވެރިއަކަށްވީ އުމުރުން އެންމެ 21 އަހަރުގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...