ދިއިސްލާމް ތޮއްޑޫ ސްޓާޓް ޖަމްޢިއްޔާގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވައިފި

ތޮއްޑޫ ސްޓާޓް ޖަމްޢިއްޔާގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވައިފި

ތޮއްޑޫ ސްޓާޓް ޖަމްޢިއްޔާގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތޮއްޑޫ ސްޓާޓް ޖަމްޢިއްޔާގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ދަރިވރަކު ކިޔަވަނީ - ފޮޓޯ : އާދަމް އަފްސަލް

އއ.ތޮއްޑޫގެ ޖަމްޢިއްޔާއެއް ކަމުގައިވާ ސޮސައިޓީ ޓު އެޑްވާންސް އެންޑް ރިބިލްޑިންގް ތޮއްޑޫ (ސްޓާޓް) ގެ ފަރާތުން މުޅި ރަށަށް ހުޅުވައިލައިގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.

ސްޓާޓް ޖަމްޢިއްޔާގެ ރައީސް ޙުސައިން ފާރިޝް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެޖަމިއްޔާގެ ފަރާތުން ފުރަތަމަވެސް ޤުރުއާން މުބާރާތެއް ބޭއްވުނުކަމީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާ ﷲ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކުވެސް މިމުބާރާތް ބާއްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެޖަމިއްޔާގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ކީރިތި ޤުރުއާން ތަޖުވީދުމަގަށް ކިޔެވުމަށް ހިތްވަރު ދީ ތޮއްޑޫގެ ދަރިންގެ ކިބައިގައި ޤުރުއާންކިޔެވުމުގެ ޢިލްމާއި ފަންނު އަށަގެންނެވުއި، ކީރިތި ޤުރުއާނަށް އެކުދިންގެ ހިތުގައި ލޯބި ޖެއްސުމެވެ.

މި މުބާރާތުގައި ހަތް އުމުރުފުރާއަކުން ދެގޮފީގައި ޖުމްލަ 60 ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.