މަސައްކަތް މެދުކެނޑިފައިވާ ޢަރަބިއްޔާ ސްކޫލްގެ އާ ޢިމާރާތުގެ މަސައްކަތް އެލްއެފް ކޮންސްޓްރަކްޝަންއާ ޙަވާލުކޮށް އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެލްއެފްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުއްލަތީފެވެ.ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
އިއްޔެ ސޮއި ކުރި އެއްބަސްވުމުގައިވާ ގޮތުން، ހަތް ބުރީގެ އިމާރާތުގެ މަސައްކަތް 260 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މިމަސައްކަތް އެލްއެފް ކުންފުންޏާ ޙާވާލުކުރެވިފައި މިވަނީ 28 މިލިއަން ރުފިޔާ އަށެވެ.
އެލްއެފް ކޮންސްޓްރަކްޝަނުން ބުނިގޮތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންތައް މާދަމާއިން ފެށިގެން ފަށާނެއެވެ. އަދި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާ ޢަރަބިއްޔާ ޢިމާރާތްކުރުމުގެ މަސައްކަތް އެންމެ ފުރުތަމަ ޙަވާލުކުރެވުނީ މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން އާ އެވެ. ނަމަވެސް ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން އެ ކުންފުނިން ކޮންޓްރެކްޓްގެ އަގު ބޮޑު ކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ އެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...