
ޖަމްޢިއްޔަތުލް އަޚަވާތުން ބޭއްވި ސެމިނަރއެއްގެ ތެރެއިން - ފޮޓޯ: އަފްރާހް /ދިއިސްލާމް
ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އިންތިޒާމްކޮށްގެން އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސެއް ސެޕްޓެމްބަރ 28 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެޖަމްޢިއްޔާގެ އިސް އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިދަރުސް ދެއްވާނީ އައްޝައިޚް އިދުރީސް ޙުސައިން އެވެ. ދަރުސްގެ މައުޟޫއަކީ "އަންހެންވަންތަ ކަމުގެ ދާއިރާ" އެވެ. މި ދަރުސް އޮންނާނީ ބުދަ ދުވަހުގެ ރޭ 20:45 ގައި ޝީ ބިލްޑިންގ ސެމިނަރ ހޯލުގައެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވަޑައިގެންނެވުމަށް ޖަމްޢިއްޔަތުލް އަޚަވާތުން ދަޢުވަތު އަރުވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...