ދިއިސްލާމް "އިޒްރޭލްގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމަށް ބަޔަކު ދެކޮޅު ހަދަނީ ސިޔާސީ މަޤްޞަދެއްގައި" - ޙުސައިން ރަޝީދު

"އިޒްރޭލްގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމަށް ބަޔަކު ދެކޮޅު ހަދަނީ ސިޔާސީ މަޤްޞަދެއްގައި" - ޙުސައިން ރަޝީދު

"އިޒްރޭލްގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމަށް ބަޔަކު ދެކޮޅު ހަދަނީ ސިޔާސީ މަޤްޞަދެއްގައި" - ޙުސައިން ރަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު

ސަރުކާރުން އިޒްރޭލާއި ގުޅުންބަދަހިކުރާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އިޒްރޭލްގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމަށް ބަޔަކު ދެކޮޅު ހަދަނީ ސިޔާސީ މަޤުސަދެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު ހާމަކޮށްފިއެވެ.

ޙުސައިން ރަޝީދު "މިއަދު" ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ހާމަކޮށްފައިވަނީ "އިޒްރޭލްގެ ފްލައިޓްތައް ޖެއްސުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ދީނީ މައްސަލައެއް ކަމަށްވެސް ދެކެވަޑައިނުގަންނަވާ" ކަމަށެވެ.

އެބޭފުޅާ އެނޫހަށް ވިދާޅުވެފައި ވަނީ "މި އުޅެނީ އިޤުސާދީ ގޮތުން ކުރިއެރުމަށްޓަކައި ބޯޓު ޖައްސަން ހުއްދަދޭން ކަމަށާއި، އިޒްރޭލާއިއެކު ވިޔަފާރީގެ ގުޅުން އޮންނަތާ ކިތަންމެ ދުވަހެއް ވެފައިވާ" ކަމަށެވެ. އަދި "މިހާރުވެސް ރާއްޖޭގައި އިޒްރޭލްގެ ކާނާ އާއި މޭވާ އެބަ ވިއްކާ"  ކަމަށެވެ.

ޙުސައިން ރަޝީދު ވިދާޅުވެފައި ވަނީ "އިސްލާމުންނަށް އަނިޔާ ކުރާ މީހުން ދުނިޔޭގައި ބައިވަރު އެބަތިބި ކަމަށާއި، ވަކި ވަކި ޤައުމުތައް ނުދެންނެވި ނަމަވެސް އެ މައްސަލަ އެތައް ޤައުމެއްގައި ވަނީ ދިމާވެފައި" ކަމަށެވެ.

"ހުޅަނގު ޤައުމުތަކުގެ ތެރޭގައި ކިތައް ޤައުމުތޯ އިޒްރޭލް ޤައުމުތަކާއި އެއްކޮން ތިބީ. އަދި ފަލަތީސްނު މިނިވަން ޤައުމަކަށް ވިޔަ ނުދިނުމަށް މަސައްކަތްކުރާ ކިތައް ޤައުމުތަށް އެބަތިބި ތޯ. އެހެންވީމަ އިޒްރޭލް އެކަންޏެއްނޫން. މައްސަލައަކީ އެހެން މައްސަލައެއް. މައްސަލައަކީ ސިޔާސީ ބޮޑު އެހެން މައްސަލައެއް." ހުސެއިން ރަޝީދާއި ޙަވާލާދީ އެނޫހުގައި އިއްޔެ ޝާއިޢުކޮށްފައި ވެއެވެ.

ރަމަޟާންމަސް ދިރުވާ އިޙްޔާކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބާއްވާ ޕްރޮގުރާމްތަކުގައި ފާއިތުވެދިޔަ ރަމަޟާން މަހު ބައިވެރިވެލެއްވި ޢިލްމުވެރިންނަށް ރަމަޟާން މަސް ފެށުމުގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގައި، ދަރުސް ދިނުމުގައި ޔަޙޫދީންގެ އަނިޔާވެރި ވާހަކަ އާއި ޔަހޫދީން ހިންގާ އަނިޔާތަކުގެ ވާހަކަ ނުދެއްކެވުމަށް ޢިލްމުވެރިންނަށް ޙުސައިން ރަޝީދު އަންގަވާފައިވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ކުރިން ޢަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާފައިވާ ޙުސައިން ރަޝީދު، މިމަހު 10 ވަނަ ދުވަހު އެބޭފުޅާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވަނީ ޢަދާލަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.