މިޒަމާނުގައި ޖިހާދުގެ އެންމެ ތޫނު ހަތިޔާރަކީ މީޑިޔާކަމުގައި، އިސްލާމިކް ރިސަރޗްފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ.
ޑރ. ޒާކިރު ނައިކް މިހެންވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ސްޓޭޑިޔަމް ސަރަހައްދުގައި ބޭއްވި ޑރ. ޒާކިރު ނައިކްގެ ލެކްޗަރގައި ވާހަކަދައްކަވަމުންނެވެ.
ޒާކިރު ނައިކްވިދާޅުވީ ޖިހާދުގެ މާނަޔަކީ ހަމައެކަނި ހަނގުރާމާގައި ބައިވެރިވެގެން ދުސްމަނުންނާއި ދެކޮޅަށްކުރާ ކަމެއް ނޫންކަމަށާއި، އިސްލާމްދީނުގެ ފުރިހަމަ ދަޢުވަތު ފެތުރުމަކީ ވެސް ޖިހާދުކަމުގައި ޒާކިރު ނައިކް ވިދާޅުވިއެވެ.
ޑރ. ޒާކިރު ނައިކް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމަށްޓަކައި މިޒަމާނުގައި ބޭނުން ކުރެވޭނެ އެންމެ ބޮޑު ވަޞީލަތަކީ މީޑިޔާކަމަށެވެ. އެގޮތުން ޙުދު ޒާކިރު ނައިކް ކުރައްވަމުން މިގެންދަނީވެސް އެމަސައްކަތްކަމަށާއި އިސްލާމިކް ރިސަރޗް ފައުންޑޭޝަންނުން ހިންގާ 'ޕީސް ޓީވީއަކީ' މިކަމުގެ ނަމޫނާ ޗެނަލްއެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...