ދިއިސްލާމް ޢަދާލަތު ޕާޓީން އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި ސަރުކާރުން ވަކިވެއްޖެ

ޢަދާލަތު ޕާޓީން އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި ސަރުކާރުން ވަކިވެއްޖެ

ޢަދާލަތު ޕާޓީން އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި ސަރުކާރުން ވަކިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ : ޢަދާލަތު ޕާޓީ ވެބްސައިޓް

ވެރިކަން ކުރާ އެމްޑީޕީއާއެކު ޢަދާލަތު ޕާޓީއިން ހަދާފައިވާ ކޯލިޝަން އެޕާޓީއިން އުވާލައި ރެއިން ފެށިގެން ސަރުކާރުން ވަކިވެއްޖެ އެވެ.

ޢަދާލަތު ޕާޓި މަޝްވަރާ މަޖިލީހުގެ 20 މެންބަރުން ސޮއި ކުރައްވާ ހުށަހެޅުއްވި ޕެޓީޝަންގެ 1 ނަންބަރުގައި ޢަދާލަތު ޕާޓީއާއި އެމް.ޑީ.ޕީއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ، ޢަދާލަތު ޕާޓީއިން ސަރުކާރާއެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ޢަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ފަރާތުން މަޝްވަރާ މަޖިލީހަށް ހުށަހެޅުއްވި ޤަރާރާމެދު ބަހުޘްކޮށް މަޝްވަރާ މަޖިލީހުންވަނީ ޢަދާލަތު ޕާޓީ ވެރިކަން ކުރާ އެމް.ޑީ.ޕީގެ ކޯލިޝަނުން ވަކިވުމަށް ނިންމާފައެވެ.

މިރޭ ޝީ ބިލްޑިންގެ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ބޭއްވި މަޝްވަރާ މަޖިލީހުގެ ޚާއްޞަ ޖަލުސާގައި މަޝްވަރާ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 32 ވޯޓްގެ އަޣުލަބިއްޔަތުންނެވެ.

މިއަހަރު އޭޕްރީލް މަހު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ އިޒުރޭލުގެ ފުލައިޓެއް ރާއްޖޭގެ ވައިބަނދަރަށް ޖައްސާ ދުވަހަކުން ސަރުކާރުގެ ކޯލިޝަނުން ވަކިވުމަށެވެ.

ސަރުކާރުގެ ކޯލިޝަނުން ވަކިވުމާއި ބެހޭގޮތުން ޢަދާލަތު ޕާޓީއިންވަނީ 28 ފޮއިންޓެއްގެ މައްޗަށް ހިމެނޭ ޤަރާރެއް ޢާއްމުކޮށްފައެވެ.

އެމްޑީޕީ އާއެކު ވެފައިފާ އެއްބަސްވުން އުވާލާ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމާއި ބެހޭ ޤަރާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.