ރާއްޖޭގެ ޚަބަރު އިސްލާމީ ޝަރީޢަތާއި އެއްގޮތައް ޢަމަލުކޮށްފިނަމަ މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތިމައްސަލަތައް ޙައްލުވެގެންދާނެ – ފާރިޤް ނައިކް

އިސްލާމީ ޝަރީޢަތާއި އެއްގޮތައް ޢަމަލުކޮށްފިނަމަ މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތިމައްސަލަތައް ޙައްލުވެގެންދާނެ – ފާރިޤް ނައިކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމީ ޝަރީޢަތާއިއެއްގޮތައް ޢަމަލުކޮށްފިނަމަ މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުވެގެންދާނެކަމަށް، އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ނައިކްގެ ދަރިކަލުން ފާރިޤް ނައިކް ވިދާޅުވެއްޖެއެވެ.

ފާރިޤް ނައިކް މިހެން ވިދާޅުވީ ރޭގައި ސްޓޭޑިޔަމް ސަރަހައްދުގައި ބޭއްވި ޑރ. ޒާކިރު ނައިކްގެ ފުރަތަމަ ލެކްޗަރ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ވާހަކަދައްކަވަމުންނެވެ.

ފާރިޤް ނައިކް ވިދާޅުވީ ދުނިޔޭގައި އެންމެ ގިނަ ރޭޕްކުރުމާއި، އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި މިފަދަ ބަދުއަޙްލާޤީ ޢަމަލުތައް އެންމެ ގިނައިން ހިންގަނީ އެމެރިކާގައި ކަމަށެވެ. އަދި ދުނިޔޭގައި މިފަދަ ޢަމަލުތައް އެންމެ މަދުން ހިގަނީ ސައުދީ އަރަބިއާގައި ކަމަށެވެ. އަދި ސައުދީ އަރަބިއާގައި މިފަދަ ޖަރީމާތައް މަދުވެފައިވަނީ  ސައުދީ  އަރަބިއާގައި އިސްލާމީ ޝަރީޢަތާއި އެއްގޮތައް ޢަމަލުކުރާތީ ކަމުގައި ފާރިޤް ނައިކް ވިދާޅުވިއެވެ.

އަދި އެމެރިކާގައި ވެސް އިސްލާމީ ޝަރީޢަތާއި އެއްގޮތައް ޢަމަލުކޮށްފިނަމަ މިފަދަ ޖަރީމާތަކުގެ ރޭޓް ހުއްޓިގެންދާނެކަމަށް ފާރިޤް ނައިކް ވިދާޅުވިއެވެ.

އަންހެންނުން ރޭޕް ކުރުމާއި އަންހެނުންނަށް ޖިންސީ ގޯނާކުރުން ހުއްޓޭނީ އަންހެނުން އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތައް ހިޖާބުވެގެން ކަމުގައި ފާރިޤް ނައިކް ވިދާޅުވިއެވެ.

އުމުރުން އެންމެ 16 އަހަރުގެ ފާރިޤް ނައިކް ވަނީ  އެތައް ހާސް ބައެއްގެ ކުރިމަތީގައި ސާބިތު ކަމާއެކު ކެރިވަޑައިގެން ލެކްޗަރ ދެއްވަވާފައެވެ.

ޓެގް

ލާދީނީ ލާއިންސާނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.