މިމަހު 27 – 28 ގައި ސްޓޭޑިޔަމް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ޑރ. ޒާކިރު ނައިކްގެ ދަރުސްގެ ސަބަބުން، ދިނާއިމެދު އުފެދިފައިވާ ޝައްކުތައް ފިލައުގެންދާނެކަމަށް، އުއްމީދުކުރައްވާކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ރާއްޖެވަޑައިގެން އުޅުއްވާ، އިސްލާމކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ޢަބުދުލް ކަރީމް ނައިކް ވިދާޅުވެއްޖެއެވެ.
ޑރ. ޒާކިރު ނައިކް މިހެންވިދާޅުވެފައިވަނީ، އިއްޔެ ރާއްޖެވަޑައިގެން، މާލޭ އިންޓަނޭޝަނަލް އެއަރ ޕޯޓްގައި، ހުންނަވައިގެން ދިވެހި ރާއްޖޭގެ މީޑިޔާއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
ޑރ. ޒާކިރު ނައިކް އިތުރައް ވިދާޅުވެފައިވަނީ އޭނާއަށް ރާއްޖެ އެނގިވަޑައިގަންނަވަނީ 100 ޕަސަންޓް އިސްލާމީ ގައުމެއްގެ ގޮތުގަޔާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައިކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...