ދިއިސްލާމް އައިފޯން 5 އޮކްޓޯބަރު 4 ވަނަ ދުވަހު ދައްކާލަނީ

އައިފޯން 5 އޮކްޓޯބަރު 4 ވަނަ ދުވަހު ދައްކާލަނީ

އައިފޯން 5 އޮކްޓޯބަރު 4 ވަނަ ދުވަހު ދައްކާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެޕަލް އިން ވުޖޫދަށް ނެރެން ތައްޔާރުވަމުން އަންނަ އެޕަލް އައިފޯން 5 ވަނަ ޢަދަދު  އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ދައްކާލާނެކަމަށް މީޑިޔާގައި އޯލްތިންގް ޑިޖިޓަލްގެ ވެބްސައިޓުން ހާމަކޮއްފިއެވެ. ސެޕްޓެންބަރު މަހުގަ ނޫނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ދައްކާލާނޭކަމަށް ކުރިންވެސް އެކި ސައިޓްތަކުން އަންނަނީ ބުނަމުންނެވެ.

 އޯލްތިންގް ޑިޖިޓަލް އަކީ އެޕަލްއިން ބާއްވަމުން އަންނަ އިވެންޓްއެކެވެ. މި އިވެންޓް އޮކްޓޯބަރ 4 ވަނަ ދުވަހު ބާއްވާކަމުގެ ޙަބަރު ދަނީ ފެތުރެމުންއެވެ. އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް އިސްތިއުފާދިނުމަށްފަހު އެމަގާމަށް މިހާރު ހަމަޖައްސާފައިވަނީ ޓިމް ކޫކް އެވެ. މި އިވެންޓް ހުށައަޅައި ދިނުމުގައި އިސްކޮން ހަރަކާތްތެރިވާނީ ޓިމް ކޫކް އެވެ.  އެގްޒެކެޓިވް އެޑީ ކިއު އާއި އެގްޒެކެޓިވް ސްކޮޓް ފޮރެސްޓަލްގެ އަދި އެގްޒެކެޓިވް ޕިލް ޝިލާރ، އިވެންޓް ހުށައަޅައިދިނުމުގައި ކޫކްއަށް އެހީތެރިވާނެއެވެ. މިއީ އެޕަލްގެ އިވެންޓެއް ޓިމް ކޫކް ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ.

އޯލްތިން ޑިޖިޓަލް ސައިޓުގައިވާގޮތުން މި އިވެންޓްގައި އައިފޯންގެ ފަސްވަނަ އަދަދު ދައްކާލާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާޒާރަށް ނެރޭނެއެވެ. އޮކްޓޯބަރުގައި ދައްކާލާއިރު އޮކްޓޯބަރުމަހު ބާޒާރުން ލިބެންހުންނާނެ ކަމަށްވެއެވެ. މިތާރީޙް ބަދަލު ވުމަކީވެސް އެކަށީގެންވާކަމެކެވެ.

އެޕަލްގެ ފޯނެއް ވުޖޫދަށް އަންނަ ނަމަ ފެންނަމުންދާ އަލާމާތްތަށް އަންނަނީ ގަވާއިދުން ފެންނަމުންނެވެ. އެޕަލްއިން ފަސްވަނަ ފޯނަށްކިޔާނީ އައިފޯން 5 ނުވަތަ އައިފޯން S4 އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.