ފަލަސްތީނުގެ މިނިވަން ދައުލަތަލަށް ތާއީދުކޮށް އެތައް ބަޔަކު ފޮރިން މިނިސްޓްރީއަށް ސިޓީ ހުށައަޅައިފިއެވެ.
ޚަބަރު ލިބޭގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތަލަށް ތާއީދުކޮށް ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ފޮރިން މިނިސްޓްރީއަށް ސިޓީ ހުށައަޅާފައިވާ ކަމަށާއި މިއަދު 100 އަށް ވުރެ ގިނަ ސިޓީ ހުށައަޅައިފިކަމަށެވެ. އެސިޓީތަކުގައިވަނީ "މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން އޮތުމަށް ފެނޭތޯ އދ ގެ ޢާންމު މަޖިލީހުގައި ނަގާ ވޯޓުގައި ފަލަސްތީނަށް ތާއީދުކޮށްދެއްވައި އެގޮތަށް ވޯޓު ދެއްވުން އެދި ދިވެހި މުސްލިމް ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑު ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ." މިފަދައިންނެވެ.
ދިއިސްލާމް އަށް ޚަބަރު ލިބިފައިވާ ގޮތުގައި މާދަމާ 10 ޖަހާއިރުވެސް މިއަދެކޭ އެއްގޮތަށް ސިޓީ ލުމުގެ ހަރަކާތް ކުރިއަށް ގެންދާނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...